ޕާކުތަކާއި މައިޒާންތައް ހުޅުވަން ހުއްދަ ދީފި

ޕާކުތަކާއި މައިޒާންތައް ބަންދު ކޮށްފައި ބެހެއްޓުމަށް އަންގާ ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ނެރުނު އަމުރު ބާތިލުކޮށްފި އެވެ.

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ނެރެފައިވާ އެންގުމުގައި ވަނީ މާލޭ ސަރަހައްދުގައި މިހާރު އަމަލުކުރަމުންދާ ރައްކާތެރިކަމުގެ ބައެއް ފިޔަވަޅުތަކަށް ބަދަލުގެނެސް، ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ މުއްދަތު އިތުރު އެއް ހަފްތާއަށް އިތުރުކޮށްފައެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އެޅި ފިޔަވަޅުތަކުގެ ތެރޭގައި މާލެ ސަރަހައްދުގައި ހުރި ޕާކުތަކާއި މައިޒާންތައް ބަންދުކުރަން އަންގާފައިވެއެވެ.

ނަމަވެސް ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ނެރުނު އަމުރުގައި ބުނެފައިވަނީ މާލެ ސަރަހައްދުގައި ހުރި ޕާކުތަކާއި މައިޒާންތައް ބަންދުކުރަން އަންގާ ނެރުނު އަމުރު ބާތިލު ކޮށްފައިވާ ކަމަަށެވެ. މި އަމުރަކީ މި މަހުގެ ހަތަރުވަނަ ދުވަހު ނެރުނު އަމުރެކެވެ. ނަމަވެސް އެ ދުވަހު ނެރުނު އަމުރުގަައި ހިމެނޭ އެހެން ފިޔަވަޅުތައް އިތުރު ހަތް ދުވަހަށް ދަންމާލަން ވަނީ ނިންމާފައެވެ.

އެހެންނަމަވެސް ކޯވިޑް-19 އިން ރައްކައުތެރިވުމަށް އަޅާފައިވާ ޚާއްޞަ ފިޔަވަޅުތަކަށް ބަދަލުގެނެސް މިމަހުގެ 4 ވަނަ ދުވަހު އެޗް.ޕީ.އޭއިން ނެރެފައިވާ އެންގުމުގައި ފާހަގަކޮށްފައިވާ ރައްކާތެރިކަމުގެ އިތުރު ފިޔަވަޅުތަކަކަށް އެއްވެސް ބަދަލެއް ނުގެނެސް، އެ ފިޔަވަޅުތައް އިތުރު 7 ދުވަހަށް ދެމެހެއްޓުމަށް އެޗް.ޕީ.އޭއިން ވަނީ ނިންމަވާފައެވެ.

އިތުރު 7 ދުވަހުގެ މުއްދަތަށް އެޅުމަށް ނިންމާފައިވާ ފިޔަވަޅުތަކަކީ :

  • – ރޭގަނޑު 11:00 އިން ފެށިގެން ފަތިހު 4:30 އަށް، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާކުރުން
  • – އެއްފަހަރާ 5 މީހުންނަށްވުރެ ގިނަމީހުން، މަގުމައްޗާއި އާންމު ތަންތަނަށް އެއްވެއުޅުން ހުއްޓައިލުން
  • – ސިނަމާތަކާއި ފިލްމު ތިއޭޓަރުތައް ހިންގުން ހުއްޓައިލުން
  • – ދުވުމަށް ޚާއްޞަ ކޮށްފައިވާ ޓްރެކުތައް ބަންދުކުރުން
  • – ޔުނިވަރސިޓީތަކާއި ކޮލެޖްތަކަށް ދަރިވަރުން ހާޒިރުވެގެން ކުލާސްތައް ކުރިއަށް ގެންދިޔުން ހުއްޓައިލުން
  • – އެކަނި ކުރާ ކަސްރަތުތައް ފިޔަވައި، ކުޅިވަރު ހަރަކާތްތަކާއި ކަސްރަތުގެ ހަރަކާތްތައް ހުއްޓައިލުން


މީގެ އިތުރުން ޖިމްތަކުގައި، ހަމައެކަނި، އެކަނި ކުރާ ކަސްރަތުތައް ކުރުމަށް ހަމަޖެއްސުމަށާއި، ޚާއްޞަ ހުއްދައިގެ ދަށުން ޒަރޫރީ ބޭނުންތަކަށް މާލެ ސަރަޙައްދުން ރަށްރަށަށް ދާ ފަރާތްތަކުން ދަތުރުކުރުމުގެ 72 ގަޑިއިރުގެ ތެރޭގައި ހަދާފައިވާ ނެގެޓިވް ޕީ.ސީ.އާރު ޓެސްޓެއް އޮތުމާއި، ޕްރީ ސްކޫލުތަކާއި، ނާސަރީތަކުގައި ކިޔަވައިދިނުން ހުއްޓާލުމުގެ އިތުރުން ޑޭ ކެއަރގެ ޚިދުމަތް ދޭ ތަންތަނުން ދެމުންގެންދާ ޚިދުމަތްތައް ދިނުން ހުއްޓާލުމަށް މިމަހުގެ 4 ވަނަ ދުވަހު އެންގި އެންގުންވެސް މިއަދުން ފެށިގެން އިތުރު 7 ދުވަހަށް ވަނީ ދަމަހައްޓާފައެވެ.

އެޗް.ޕީ.އޭއިން ވިދާޅުވީ، ސިފައިންނާއި ފުލުހުން، ޞިއްޙީ ޚިދުމަތް ދޭ އިދާރާތަކުގެ މުވައްޒަފުންނާއި، އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރާއި، އެމްބިއުލަންސްއާއި، ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ފާސް ލިބިފައިވާ ފަރާތްތަކުގެ އިތުރުން ފަތިސް ނަމާދަށް މިސްކިތަށް ދާ ފަރާތްތަކާއި، އިމަރޖެންސީކޮށް ޞިއްޙީ ޚިދުމަތް ހޯދާންޖެހޭ ފަރާތްތައް މި ފިޔަވަޅުތަކުން އިސްތިސްނާވާނެކަމަށެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!