މާލޭގެ މަގެއްގެ މައްޗަށް ގަހެއް ވެއްޓިއްޖެ

ވިއްސާރަވެ ވައިގަދަވުމުގެ ސަބަބުން މާލޭގެ މަގެއްގެ މައްޗަށް ގަހެއް ވެއްޓިއްޖެއެވެ.

އެމްއެންޑީއެފުން ބުނީ މާލެ އަށް ކުރަމުންދާ ވިއްސާރައިގައި ލޮނުޒިޔާރަތް މަގު، ކެންގަރޫ ކިޑްސް ޕްރީ ސްކޫލް ކުރިމަތިން މަގުމައްޗަށް ގަހެއް ވެއްޓިފައިވާ ކަމަށެވެ.

އެގޮތުން އެ ގަސް ވެއްޓުމާ ގުޅިގެން މަގު ބެދުނު ކަމަށާއި ނަމަވެސް އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސް އިން އެ ގަސް ކޮށައި އެއްފަރާތްކޮށް މަގު މިހާރު އަލުން ހުޅުވާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!