ފިޔަވަތި މަރާމާތުކުރުމުގެ މަޝްރޫއު ނިމި އެތަން ހުޅުވުމުގެ ރަސްމިއްޔާތު ބާއްވައިފި

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުޑަކުދިން ބެލެހެއްޓުމަށް ހުޅުމާލޭގައި ހަދާފައިވާ ފިޔަވަތި އިމާރާތް މަރާމާތުކުރުމުގެ މަޝްރޫއު ނިމި އެތަން ހުޅުވުމުގެ ރަސްމިއްޔާތު ވާޗުއަލްކޮށް މިއަދު ބާއްވައިފި އެވެ.

މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރް އަދި ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުންކަމަށްވާ، އާއިޝަތު ރަޝީދު އަދި ޒިފްލީނާ ހަސަންއެވެ. 

ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން، އިޖްތިމާއީ-އިގްތިސާދީ ގޮތުން ނާޒުކު ހާލަތުގައި ތިބޭ ކުޑަކުދިންނަށް ހާއްސަ ސަމާލުކަމެއް ދިނުމަކީ ސަރުކާރުގެ ޒިންމާއެއްކަމާއި، އެ މަޝްރޫއަކީ އަކީ އެގޮތަށް ޒިންމާގެ ތެރެއިން ސަރުކާރުން ހިންގި މަޝްރޫއެއްކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެ މަޝްރޫއުގެ ދަށުން ކުރެވިފައިވާ މަސައްކަތްތަކުގެ ތެރޭގައި ފިޔަވަތީގެ ވެލްކަމިން އޭރިއާ ތަރައްގީކުރުމާއި، އިމާރާތުގެ ސެކިއުރިޓީ ތަރައްގީކުރުމާއި، ތުއްތުކުދިން ކުޅޭ އޭރިއާއެއް ގާއިމްކުރުމަށް ފެންޑާއެއް ބިނާކުރުމާއި، ފާރުތަކުގައި ކުޑަކުދިންނާއި ގުޅޭ ކުލަތައް ލުމާއި، ކޮމްޕިއުޓާ ސިސްޓަމްތަކާއި ޕްލޭ ސްޓޭޝަންތައް ގާއިމްކުރެވިފައިވާ ކޮމަން ރޫމްތައް ބިނާކުރުމާއި، ބަގީޗާ ސަރަހައްދުގައި އިތުރު ބެންޗުތައް ބެހެއްޓުމާއި، ބަގީޗާގައި ގަސް އިންދުމާއި، އިމާރާތަށް ބޭނުންވާ ފަރުނީޗަރު ފޯރުކޮށްދިނުމާއި، ދުވަހުން ދުވަހުގެ ހިންގުން ހަރުދަނާކުރުން ހިމެނެއެވެ.

އެ މަޝްރޫއު ހިންގުނީ ހިލޭ އެހީގެ ގޮތުގައި އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް މާޗް 2019 ގައި ދިން 6.9 މިލިއަން ޑޮލަރު (106 މިލިއަން ރުފިޔާ) ގެ އެހީގެދަށުން 1.9 މިލިއަން ރުފިޔާނެވެ. އެ އެހީގެ ބޭނުމަކީ އިޖްތިމާއީ-އިގްތިސާދީ ކުރިއެރުންތަކަށް ދިވެހިރާއްޖޭގައި ހިންގޭ މަޝްރޫއުތަކަށް ހަރަދުކުރުމެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!