މި ކިޔައިދެނީ ސާރާ އަލީ ޚާންގެ ރީތިކަމުގެ ސިއްރުތައް!

ސާރާ އަލީ ޚާނަކީ ބޮލީވުޑްގައި މިވަގުތު ތިބި އެންމެ ރީތި ބަތަލާއިންގެ ތެރެއިން އެކެކެވެ. ބައްޕަ ސައިފް އަލީ ޚާނާއި، މަންމަ އަމްރިތާ ސިންގްގެ ސިފަތައް އޭނާއަށް ލިބިފައިވާކަން ބަލާބެލުމަށް ކަށަވަރުވެއެވެ. އެހެންނަމަވެސް އެ ރީތިކަން ދެމެހެއްޓުމަށް، ސާރާ ގިނަ މަސައްކަތްތަކެއް ކުރެއެވެ. އެގޮތުން ‘ޓައިމްސް އޮފް އިންޑިއާ’ އިން ވަނީ، ސާރާގެ ކިބައިން އޭނާގެ ރީތިކަމުގެ ސިއްރުތައް އަހައި އޮޅުންފިލުވައިފައެވެ.

މިފަހަރު މި ގެނެސްދެނީ 25 އަހަރުގެ ޒުވާން ބަތަލާގެ ރީތިކަމުގެ ސިއްރުތަކެވެ.

  1. ކައިފައި ބާކީ ހުންނަ މޭވާ، ފޭސް މާސްކަކަށް ހަދައިގެން ސާރާގެ މޫނުގައި އުނގުޅާ ކަމަށް އޭނާ ބުނޭ
  2. މޫނުގައި މަރުވެފައި ހުންނަ ސްކިން ސެލްތައް އެކްސްފޮލިއޭޓް ކުރުމަށް ސާރާ ބޭނުންކުރަނީ އާމަންޑުން ތައްޔާރުކުރާ ޕޭސްޓެއް
  3. މޫނުގެ ހަންގަނޑުގައި ހުންނަ ބެކްޓީރިއާތައް މެރުމަށް ސާރާ އުނގުޅަނީ މާމުއި
  4. މޫނު ދޮވުމަށް ކުރުނބާ ފެން ވެސް ސާރާ ބޭނުންކުރޭ. ސަބަބަކީ، ކުރުނބާ ފެނަކީ ޤުދުރަތީ ގޮތުން އެންޓި-ބެކްޓީރިއަލް މާއްދާތައް ހިމެނޭ އެއްޗަކަށް ވެފައި، ހަންގަނޑު އުޖާލާ ކޮށްދޭތީ
  5. ކޮންމެ ރެއަކުވެސް އެންމެ މަދުވެގެން 8 ގަޑިއިރުގެ ނިދި ހަމަކުރޭ
  6. ސާރާގެ ރީތި، ވަރުގަދަ އިސްތަށިގަނޑުގެ ސިއްރަކީ ފިޔާ ޖޫސް ކަމަށް ބުނޭ
  7. ކެއުމުގައި ސާރާ ބޭނުންކުރަނީ ބެލެންސްޑް ޑައިޓެއް. އެގޮތުން އާންމު ގޮތެއްގައި ކައި އުޅެނީ، ކުކުޅުބިސް، ކުކުޅުމަސް، ތަރުކާރީ، ބްރައުން ރައިސް އަދި މޭވާ
  8. ހަށިގަނޑުގެ ބައްޓަން ލޫޅާފަތިކޮށް ބެހެއްޓުމަށް ބަރާބަރަށް ޖިމަށްގޮސް ކަސްރަތު ކުރޭ.
  9. ސާރާއަކީ މޭކަޕާ ވަރަށް ދުރު މީހެއް ކަމަށް ބުނޭ. އެގޮތުން، މުހިންމު ހަފްލާއަކަށް ނޫނީ މޭކަޕް ނުކުރާ ކަމަަށް ބުނޭ

ސާރާ ފަދަ ރީތިކަމެއް ބޭނުންވާނަމަ، މަތީގައި ހިމަނާފައިވާ “ބިއުޓީ ޓިޕްސް” ގެ އަޖުމަ ބަލައިލުން ރަނގަޅުވާނެއެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!