ޕެރޯލް ބޯޑު ފުލްޓައިމް ކުރަން ހުށަހަޅައިފި

ގައިދީންނަށް އަދަބު ލުއި ކޮށްދިނުމުގެ ކަންކަން ނިންމާ ޕެރޯލް ބޯޑުގެ މެންބަރުން ފުލްޓައިމް ކުރަން ހުށަހަޅައިފިއެވެ.

ރާއްޖޭގެ ޖަލުތަކުގައި ތިބި ގައިދީންގެ ތެރެއިން ޕެރޯލް އަދި ކްލައިމެންސީއަށް ޝަރުތު ހަމަވާ ގައިދީންގެ އަދަދު އިތުރު ވަމުން ދިޔަ ނަމަވެސް އެ ފަރާތްތަކަަށް ހައްގުވާ ޕެރޯލާއި ކްލައިމެންސީ ލިބެމުން ނުދާތީ ކަންބޮޑުވުން ފާޅުކޮށް ގައިދީން ވަނީ މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅާފައެވެ. އެ މައްސަލަތައް ދިރާސާކޮށް ޕެޓިޝަން ކޮމެޓީން އެކުލަވައިލި ރިޕޯޓްގައި ވަނީ ޕެރޯލް ބޯޑުގެ ކޯރަމް ހަމަނުވެ ބައްދަލުވުންތައް ނުބޭއްވި ކެންސަލް ވެގެން ދާދިއުމާއި ތާވަލްކުރާ ކޭސްތައް ނުނިމި ދިގުލައިގެން ދާ މައްސަަލަ ފާހަގަވެފައިވާ ކަމަށެވެ.

އެހެން ދިމާވަނީ ބޯޑުގެ ނުވަ މެންބަރުންނަކީ ވެސް އެހެން ދާއިރާތަކުގައި މަސައްކަތް ކުރާ ބަޔަކަށް ވާތީ ކަމަށް އެ ރިޕޯޓުގައި ބުނެއެވެ. އެހެންކަމުން ޕެރޯލް ބޯޑުގައި ހިމެނޭ މެންބަރުންނަކީ އެެހެނިހެން އިދާރާތަކުގައި މަސައްކަތް ނުކުރާ ފުލްޓައިމް މެންބަރުން ގޮތަށް ކަނޑައަޅައި އެކަމާ ގުޅޭ ގާނޫނުތަކަށް އިސްލާހު ގެންނަން ޖެހޭ ކަމަށް ފެންނަ ކަމަށް ރިޕޯޓުގައި ބުނެއެވެ.

މިހާރު ޕެރޯލް ބޯޑްގައި ނުވަ މެންބަރުން ތިއްބަވައެވެ. އެ ގޮތުން ކަރެކްޝަން ފިޔަވައި ދެން އެ ބޯޑުގައި ތިއްބަވަނީ ޕީޖީ އޮފީހާއި ހެލްތު އަދި އެޑިއުކޭޝަން ފަދަ ދާއިރާތަކުގައި މަސައްކަތް ކުރައްވާ ބޭފުޅުންނެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!