ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކެއް ނައްތާލައިފި

ގދ. ތިނަދޫގައި ގިނަ އަދަދެއްގެ ބަނގުރާފުޅި ނައްތާލައިފި އެވެ.

ފުލުހުން ބުނީ އެ ތަކެތި ނައްތާލާފައި ވަނީ އިއްޔެ ގދ. ތިނަދޫ ޕޮލިސް ސްޓޭޝަންގައި ކަމަށެވެ.

އެގޮތުން ނައްތާލާފައިވަނީ އޮކްޓޫބަރު 19، 2020 ވަނަ ދުވަހުން ފެށިގެން ފެބްރުއަރީ 1، 2021 ވަނަ ދުވަހުގެ ނިޔަލަށް ކާޑެއްދޫ ޑޮމެސްޓިކް އެއާޕޯޓަށް ފުރަންދާ ފަތުރުވެރިންގެ އަތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ، އެކި ބްރޭންޑްތަކުގެ 47 ބަނގުރާ ފުޅިއާއި 11 ބިޔަރު ދަޅު ކަމަށް ފުލުހުން ބުނެއެވެ.

އޭގެ އިތުރުން އޮކްޓޫބަރު 11، 2020 ވަނަ ދުވަހުން ފެށިގެން މާޗު 11، 2021 ވަނަ ދުވަހުގެ ނިޔަލަށް މާވަރުލު އެއާޕޯޓަށް ފުރަންދިޔަ ފަތުރުވެރިންގެ އަތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ 17 ފުޅި ބަނގުރާ ވެސް ނައްތާލާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!