ހުޅުދުއްފާރަށް އަރާއި ފޭބުން މަނާކޮށްފި

ރ. އުނގޫފާރުގައި މިހާރު އުފެދިފައިވާ ކޮވިޑް-19 ކްލަސްޓާ އާއި ގުޅުންހުރި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާއި ގުޅިގެން ރ. ހުޅުދުއްފާރު ވެސް މޮނީޓަރިންގެ ހާލަތަށް ގެންގޮސްފި އެވެ.

ހުޅުދުއްފާރު ކައުންސިލުގެ ރައީސް އަލީ ޖާވިދު ވިދާޅުވީ އުނގޫފާރު ކްލަސްޓާ އާއި ގުޅިގެން މިހާރު ކޮންޓެކްޓް ޓްރޭސިން ހަދަމުން ގެންދާ ކަމަށެވެ.

މިހާތަނަށް އެ ރަށުން 150 ވުރެ ގިން ސާމްޕަލް ނަގާފައިވެ އެވެ. ފެނިފައިވަނީ ޕޮޒިޓިވް އެއް ކޭހެވެ. އެއީ ސްކޫލު ދަރިވަރެކެވެ.

ހުޅުދުއްފާރު ސިއްހި މަރުކަޒުގެ ސީނިޔާ އެޑްމިނިސްޓްރޭޓާ އަބްދުﷲ ޝަރީފް ވިދާޅުވީ އެ ރަށުގައި ކޮމިއުނިޓީ ސްޕްރެޑެއް އޮންނާނެ ކަމަށް ވަރަށް ބޮޑަށް ލަފާ ކުރެވޭ ކަމަށާއި އެކަން ޔަގީންވާނީ ނަގާފައިވާ ސާމްޕަލްތަކުގެ ނަތީޖާ ލިބޭ ވަރަކުން ކަމަށެވެ.

އެޗްޕީއޭ އިން ނެރެފައިވާ އިއުލާނުގައި ބުނީ ކޮވިޑާއި ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންތައްތައް ބެލުމަށް ހުޅުދުއްފާރަށް އަރައި ފޭބުން މަނާ ކޮށްފައިވާ ކަމަށެވެ.

އުތުރުގެ ރަށްރަށު މީހުން ސިއްހީ ހިދުމަތް ހޯދަން އާންމުކޮށް ދަނީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!