ވިލިނގިލި އަނެއްކާވެސް މޮނީޓަރިންއަށް!

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ހާއްސަ ހުއްދައިގެ ދަށުން ގއ. ވިލިނގިއްޔަށް ދިޔަމީހަކު ޕޮޒިޓިވްވުމާއި ގުޅިގެން އެރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފި އެވެ.

ވިލިނގިލި ކައުންސިލްގެ މެމްބަރު ހަބީބު ހަސަން ވިދާޅުވީ، ރަށް މޮނީޓަރިންއަށް ލާފައިވަނީ، ހާއްސަ ހުއްދައިގެ ދަށުން މީގެ ދެތިން ދުވަސް ކުރިން ރަށަށް އައި ވެމްކޯ ޓީމުގައި ހިމެނޭ މީހަކު ޕޮޒިޓިވްވުމުން، ކޮންޓެކްޓު ޓްރޭސިންގެ މަސައްކަތް ކުރުމަށް ކަމަށެވެ.

އެގޮތުން ޕްޒިޓިވްވީ އަންހެނެއް ކަމަށާއި، އެ އަންހެންމީހާ ޕޮޒިޓިވްވިކަން އެނގިފައިވަނީ ވިލިނގިލީގައި ދެ ދުވަސް ހޭދަ ކުރުމަށްފަހު އަނބުރާ މާލެ ދިޔަ ފަހުން ކަމަށް ހަބީބު ވިދާޅުވިއެވެ.

މާލެއިން އެރަށަށް ޒިޔާރަތް ކުރި ޓީމުގެ ހުރިހާ މެމްބަރުންވެސް ރަށަށް އެރުމަށްފަހު އެޗްޕީއޭގެ ގައިޑުލައިނުތަކާއި އެއްގޮތަށް އަމަލު ކޮށްފައިވާ ކަމަށް ހަބީބު ވިދާޅުވިއެވެ. އެގޮތުން އެމީހުން އާންމުންގެ ތެރެއަށް ނުނިކުންނަ ކަމަށާއި، އެ މީހުންގެ މަސައްކަތްތައް ކުރީ މާސްކު އަޅައިގެން، ގައި ދުރުކަމާއެކު ކަމަށް ހަބީބު ވިދާޅުވިއެވެ. 

މިހާރު ރަށުގައި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހަބީބު ވިދާޅުވިއެވެ. 

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!