ތަޅުދަނޑި ހަވާލުކުރެވޭނީ ގުރުއަތަކަށްފަހު: މަބުރޫކް

ހިޔާ ފްލެޓްތަށް ލިބޭ ދާއިމީ ލިސްޓުގައި ނަން ހިމެނިފައިވާ ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތަކަށްފަހު ހައްގުވެރިންނަށް ފްލެޓްތައް މިމަސްތެރޭ ހަވާލުކުރެވޭނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މަބުރޫކް އަޒީޒް ވިދާޅުވެއްޖެ އެވެ.

ފްލެޓްތަކުގެ ތަޅުދަނޑިތަށް މިމަސްތެެރޭ ހަވާލުކުރާނެ ކަމަށް ބުނެފައިވާއިރު، މިކަމުގެ އެއްވެސް މައުލޫމާތެއް ހައްގުވެރި ފަރާތްތަކަށް ފްލެޓް ކޮމެޓީގެ ފަރާތުން އަންގާފައި ނުވުމާއި އެ ތަޅުދަނޑިތައް ހަވާލުކުރަން ބުނި ދުވަސް ފަހަނައަޅާ ދާއިރުވެސް އެކަން އެގޮތަށް ވެފައި ނުވާކަމަށް އެ ފަރާތްތަކުން ބުނަމުންދާތީ އެކަމާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން މަބުރޫކް ވިދާޅުވީ، ފްލެޓްތަކުގެ ހައްގުވެރިންނަށް ތަޅުދަނޑި ހަވާލުކުރުން ނިންމާފައިވާ ނިންމުން އަދިވެސް ދެމި އެބައޮތް ކަމަށާއި އެކަމާއި ގުޅިގެން ކުރަންޖެހޭ ކަންތަށް ދަނީ ކުރެވެމުން ކަމަށެވެ. 

އަދި ފްލެޓްތަކުގެ ތަޅުދަނޑިތައް ހަވާލުކުރާނެ މީހުން ކަނޑައެޅުމަށް ނަގާ ގުރުއަަތަކަށްފަހު މިމަސްތެރޭ ފްލެޓްތަކުގެ ތަޅުދަނޑިތަށް އެ ފަރާތްތަކާއި ހަވާލުކުރެވޭނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ. އެ ގުރުއަތަކީ ފްލެޓް ލިބިފައިވާ މީހުންގެ ތެރެއިން ފްލެޓް ލިބެނީ ކޮން ފްލޯއަކުންތޯ ބެލުމަށް ބާއްވާ ގުރުއަތުލުމެެކެވެ. ގުރުއަތުން ދިމާވާ ފްލެޓެއްގެ ތަޅުދަނޑި ހައްގުވެރި ފަރާތްތަކަށް ހަވާލުކުރެވިގެންދާނެ ކަމަށް މަބުރޫކް ވިދާޅުވިއެވެ. 

މަބުރޫކް ވިދާޅުވީ، ފްލެޓް ކޮމެޓީން ދާއިމީ ލިސްޓް ފައިނަލް ކުރުމަށްފަހު ހައުސިން މިނިސްޓްރީގެ ފަރާތުން އަދި ބަލަންޖެހޭކަމަށް ލަފާއަރުވާފައިވާ އަށް ކަމެއް އޮތް ކަމަށާއި އެކަންކަމަށް ބެލިގެންދާނެ ކަމަށް މިނިސްޓަރު މީގެ ކުރިންވެސް ވިދާޅުވެފައިވާ ކަމަށެވެ. އެހެންކަމުން އެކަން ކަމަށް ބަލާނެ ކަމަށް ބުނެފައިވެއެވެ. 

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!