ރޭ ދަންވަރު ފަަރަށްއެރި ދޯނި ފުންކޮށްފި

ފަންސާސް ޓަނުގެ ޑީސަލާއެކު ރޭ ދަންވަރު ފަރަށް އެރި ދޯނި ފުންކޮށްފި އެވެ.

50 ޓަނުގެ ޑީސަލް ބަރުކޮށްގެން މާލެއިން ފުރައިގެން ހއ. އަތޮޅަށް ދަތުރުކުރަމުންދިޔަ “ސްނޯ” ނަމަކަށް ކިޔާ ދޯނި ފަރަށް އަރާފައިވަނީ، ރޭ ދަންވަރު 3:00 އެހާއިރު އެވެ. އެހެންނަމަވެސް ދޯނި ފުންކުރަން ފަށާފައިވަނީ މެންދުރު 11:30 ހާއިރުއެވެ. 

އެމްއެންޑީއެފްއިން ބުނެފައިވަނީ 11:30 ހާއިރު ފުންކުރަން ފަށަން ނިންމީ އެވަގުތުގެ ދިޔަވަރަށް ބަލައި ދިޔަވަރު ބޮޑުވާ ވަގުތު ފުންކުރުމުގެ މަސައްކަތް ފެށުމަށް ކަމަށެވެ. އެވަގުތުން ފެށިގެން ދޯނި ފުންކުރުމުގެ މަސައްކަތް އެމްއެންޑީއެފްއިން ފެށިނަމަވެސް ދޯނި ފުންކޮށް ނިންމާލެވިފައިވަނީ، މިއަދު ހަވީރު 16:10 ހާއިރުއެވެ. 

ދޯނި ފަރަށް އެރި އިރު ދޯނީގައި ހުރި ތެޔޮ އެއްވެސް ގޮތަކަށް ފަރުމަށްޗަށް ނޭޅޭ ކަމަށާއި، ދޯނީގެ ވެރި ފަރާތުން ހަމަޖެއްސި އެހެން އުޅަނދަކަށް ހުސްކުރަމުން ދާކަމަށް އެމްއެންޑީއެފްއިން މައުލޫމާތު ދީފައިވެއެވެ. 

އެ ދޯނި ފަރަށް އަރާފައިވަނީ ށ. ކީކިމީނިގައި ކައިރީ އޮންނަ ބޮލިސްތާ ފަރަށެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!