ކޮތަރު ހިމެނޭހެން ގިނަ އަދަދެއްގެ ދޫނި ހިމާޔަތްކޮށްފި

ތިން ވައްތަރެއްގެ ކޮތަރު ހިމެނޭގޮތަށް، 104 ބާވަތެއްގެ ދޫނި ހިމާޔަތްކޮށްފި އެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުން އެ މިނިސްޓްރީއަށް ލިބިދޭ ބާރުގެ ދަށުން މިއަދުން ފެށިގެން އެ 104 ބާވަތުގެ ދޫންޏަކީ ހިމާޔަތްކޮށްފައިވާ ތަކެތި ކަމުގައި ހަމަޖައްސާފައިވާ ކަމަށެވެ.

އޭގެތެރޭގައި ކޮތަރުގެ އިތުުރުން ބޮނޑަނައާއި ފިނދަނަ، މާދޫންޏާއި ކިރުދޫނި، ރާބޮންޖާއި ބަކަމޫނާއި ބާޒު ހިމެނެއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ އެ ދޫނިތައް ހިމާޔަތްކުރީ ރާއްޖެއަކީ ދޫނި ހިޖުރަކުރާ ވަގުތީ މަންޒިލަކަށްވުމުން އެ ތަކެއްޗަށް ރައްކާތެރި މާއަހުލެއް ހޯދައިދިނުމަށް ކަމަށެވެ.

އެހެންކަމުން މިއިން އެއްވެސް ބާވަތެއްގެ ދޫންޏެއް ހިފުމާއި، ގެންގުޅުމާއި އެ ތަކެއްޗަށް ގޯނާކުރުން މަނާވާއިރު، އެ ތަކެތި ނިދަން އަރާ ހާލިފަދަ ތަންތަނަށް ގެއްލުންދިނުން މަނާވާނެއެވެ. އެފަދަ ކަމެއް ކުރާ މީހުން ޖޫރިމަނާކުރެވޭނެ އެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!