ސުޝާންތު ރުޅިވީމާ އަމިއްލައަށް މަރުވާން ހިތަށް އެރި: އަންކިތާ

2016 ވަނަ އަހަރު ބޮލީވުޑް އެކްޓަރު ސުޝާންތު ސިންގް ރާޖްޕުތު، އަންކިތާ ލޯކަންޑޭ އާ ރުޅިވުމުން އަމިއްލައަށް މަރުވާން ހިތަށްއެރި ކަމަށް އަންކިތާ ބުނެފިއެވެ.

ދާދިފަހުން މީޑިއާއަކަށް ދިން ޙާއްސަ އިންޓަވިއުއެއްގައި 36 އަހަރުގެ ޓީވީ އެކްޓްރެސް ބުނީ، ސުޝާންތު މިދިޔަ އަހަރު ދަންޖެހިގެން މަރުވުމާ ގުޅިގެން ސުޝާންތުގެ ފޭނުން އެ މަރުގެ ތުހުމަތު މިހާރު އަންކިތާގެ ބޮލުގައި އަޅުވަން މަސައްކަތްކުރާ ކަމަށެވެ. “އެމީހުން އަހަންނާ ދިމާއަށް އެބަ ކިޔާ އަހަރެން ސުޝާންތާ ރުޅިވީމައޭ އޭނައަށް އެހެން އެވީ. އަހަރެން އޭނައަށް އިމޯޝަނަލް ސަޕޯޓު ދިންނަމަ އެހެން ނުވީހޭ”.

އެހެންނަމަވެސް އަންކިތާ ބުނީ، 8 އަހަރަށް ދެމިގެންދިޔަ އެ ގުޅުން ނިންމައިލީ ޚުދު ސުޝާންތު ކަމަށެވެ. އަދި އޭނާ އެގޮތަށް ކަންތައްކުރީ އެކްޓިންގ ކެރިއަރަށް އިސްކަން ދިނުމުގެ ގޮތުން ކަމަށްވެސް ބުންޏެވެ. “އަހަރެން ބޭނުމެއް ނޫން މިހާރު ސުޝާންތު ކުށްވެރިކުރާކަށް ވެސް. އެކަމަކު ހަގީގަތް ބަދަލެއް ނުވާނެ”.

ސުޝާންތު ރުޅިވިފަހުން ދެ އަހަރާ ބައި ވަންދެން ޑިޕްރެޝަންގެ ތެރޭގައި އުޅެން ޖެހުނު ކަމަށް ވެސް އަންކިތާ ބުންޏެވެ. އަދި އޭރު އޭނާއަށް ހިތްވަރުދޭން ތިބި ބަޔަކީ ހަމައެކަނި އާއިލާ ކަން ފާހަގަކުރިއެވެ.

ސުޝާންތު އަންކިތާއާ ރުޅިވިފަހުން، ބޮލީވުޑްގެ ބަތަލާއިންތަކަކާ ލޯބީގެ ގޮތުން ގުޅުނެވެ. އޭގެތެރެއިން އެންމެފަހުން ރައްޓެހިވެގެން އުޅުނު ރިއާ ޗަކްރަބަތީ ވަނީ ސުޝާންތުގެ މަރުގެ ތަހުގީގަށް ތިލަވި މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން ވަރަށް ބޮޑަށް ނަން ޚަރާބު ވެފައެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!