ޑރ. މުއިއްޒު އޭސީސީއަށް ހާޒިރުކޮށްފި

ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހާޒިރުކޮށްފިައެވެ.

ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަބުދުﷲ ރިފާޢު ވިދާޅުވީ މުއިއްޒު އޭސީސީއަށް މިއަދު ހާޒިރުވެފައިވާ ކަމަށާއި 24 ގަޑިއިރުގެ ތެރޭގައި މައްސަލައަށް ޖަވާބުދާރީވާން މުއިއްޒުއަށް އަންގާފައިވާ ކަމަށެވެ.

އޭސީސީއަށް ހާޒިރުވެ ވަޑައިގަތުމަށްފަހު އަވަސް އޮންލައިނަށް ދެއްވި އިންޓަވިއުއެއްގައި މުއިއްޒު ވިދާޅުވީ އޭސީސީއަށް ހާޒިރުވާން އެންގީ ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑުން ހެދި ބްރިޖް ވިއު ޕްލެޓްފޯމްގެ އެގްރީމެންޓާއި ގުޅޭ ބައެއް ތުހުމަތުތަކާއި އެތަނުގެ ބައެއް އިމާރާތްތަކަށް ގެނައި ބަދަލާއި ގުޅިގެން ހުރި މައްސަލަތަކާ ގުޅުވައިގެން ކަމަށެވެ.

މުއިއްޒު ވިދާޅުވީ ކުރިން މި މައްސަލައިގެ ތަފުސީލު ދީފައި ނުވާތީ ވަކީލަކު ހޯއްދެވި ކަމަށެވެ. އަދި މައްސަލައިގެ ސުވާލުތަކަށް ޖަވާބުދާރީވެ ވަޑައިގަތުމަށް މާދަމާ ހެނދުނު 10:25 އަށް ވަކީލަކާއެކު އޭސީސީ ވަޑައިގަންނަވާނެ ކަމަށެވެ.

މުއިއްޒު ވިދާޅުވީ އޭނާ ހާޒިރު ކުރީ ސިޔާސީ ބޭނުމަށް ސަރުކާރުގެ ނުފޫޒާއެކު ކަމަށެވެ. 

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!