މިއޮތީ ސަސުރާލް ސިމަރް ކާ 2 ގެ ޕްރޮމޯ

2011 އިން ފެށިގެން 2017 އާ ހަމައަށް ކަލާޒް ޓީވީއިން ގެނެސްދިން މަޤުބޫލު ޑްރާމާ ސިލްސިލާ “ސަސުރާލް ސިމަރް ކާ” ގެ ދެވަނަ ބައެއް ހަދަން ނިންމައި، އޭގެ ޕްރޮމޯޝަނަލް ވީޑިއޯ ދައްކާލައިފިއެވެ.

މިހާރު އެ ޗެނަލުން ވެސް ގެނެސްދޭ ޕްރޮމޯ ވީޑިއޯ މީސްމީޑިއާގައި ހިއްސާކޮށްފައިވަނީ ސިލްސިލާގެ ބަތަލާ ދިޕިކާ ކައްކަރެވެ. ދިޕިކާ އިންސްޓަގްރާމްގައި މީގެ ދެދުވަސް ކުރިން ހިއްސާކުރި ވީޑިއޯގައި ފެންނަނީ ސިމަރްގެ ކެރެކްޓާއަށް ވެގެން އޭނާ ބެލުންތެރިންނާ ވާހަކަ ދައްކާ ތަނެވެ. އެގޮތުން، ބެލުންތެރިންނާއެކީ ހިއްސާކޮށްފައިވާ އެތައް ހަނދާންތަކެއް ވާނެ ކަމަށާއި، އެކަމުގެ ސަބަބުން ބެލުންތެރިންނާ ދުރުގައި ނުހުރެވުނީ ކަމަށް ސިމަރް ބުނެއެވެ.

މީގެ އިތުރުން ބުނީ، މިފަހަރު އެނބުރި އަންނާނީ ވަރަށް މުހިންމު މީހެއްވެސް ގޮވައިގެން ކަމަށެވެ. އެހެންނަމަވެސް އެއިީ ކާކުކަން އެނގެން ބޭނުންވާނަމަ އިންތިޒާރުކޮށްލުމަށް ބުނެއެވެ.

“ސަސުރާލް ސިމަރް ކާ 2” ގެނެސްދޭން ފަށާނީ ކޮން އިރަކު ކަމެއް މިހާތަނަށް ހާމައެއް ނުކުރެއެވެ. އަދި ދިޕިކާގެ އިތުރުން ދެން ފެނިގެންދާނީ ކޮން ތަރިންތަކެއް ކަމެއް ވެސް ނޭނގެއެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!