50 ޓަނުގެ ޑީސަލް ހުރި ދޯންޏެއް ފަރަށް އަރައިފި

މާލެއިން ފުރައިގެން ހއ. އަތޮޅަށް ތެޔޮ ހިފައިގެން ދަތުރު ކުރަމުން ދިޔަ ދޯންޏެއް ފަރަށް އަރައިފި އެވެ.

އެމްއެންޑީއެފުންް ބުނީ 50 ޓަނުގެ ޑީސަލް ހިފައިގެން މާލެއިން ހއ. އަތޮޅަށް ދަތުރު ކުރި “ސްނޯ” ނަމަކަށް ކިޔާ ދޯންޏެއް ށ. ކީކިމިނި ކައިރިން ބޮލިސްތާ ފަރަށް އަރައިގެން ސިފައިން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

މިހާދިސާގެ ރިޕޯޓު ރޭ ދަންވަރު 3:09 ގައި ލިބުނު އިރު ދިވެއްސަކާއި ދެ ބިދޭސީއަކު ތިއްބެވެ. ހާދިސާގައި ދޯންޏަށާއި މުދަލަށް އަނިޔާއެއް ލިބިފައި ނުވާއިރު ޑީސަލް ވެސް ކަނޑަށް ބޭރުވެފައި ނުވާ ކަމަށާއި ޑީސަލްތައް ހުރީ ފީފާ ތަކުގައި ރައްކާކޮށްފައި ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.

ދޯނީގެ ވެރިފަރާތާ ގުޅައި ދޯނި ފުންކުރުމުގެ މަސައްކަތް ސިފައިން ވަނީ ފަށާފަ އެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!