މިއަދު 149 މީހުން ކޮވިޑަށް ޕޮޒިޓިވްވެއްޖެ

މިދިޔަ 24 ގަޑިއިރު ތެރޭ 149 މީހަކު ޕޮޒިޓިވްވެ، ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ޖުމުލަ އަދަދު 22،662 އަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ޕޮޒިޓިވްވީ މާލެ ސަރަހައްދުން 120 މީހަކާއި އަތޮޅުތެރެއިން ހަތަރު މީހަކާއި އޮޕަރޭޝަނުގައި ހުރި ރިސޯޓުތަކުން 18 މީހަކާއި ރިސޯޓުތަކުގެ ގޮތުގައި ތަރައްގީކުރާ ރަށްތަކުން ހަތް މީހެއް ކަމަށެވެ.

ރާއްޖޭގައި ބަލިން ފަސޭހަވީ މީހުންގެ އަދަދު 20،142 އަށް އަރާފައިވާ އިރު، މިހާރު ރާއްޖޭގައި ބައްޔަށް ފަރުވާދެމުން އަންނަނީ 2،447 މީހަކަށް ކަމަށް އެޗްޕީއޭ އިން ބުނެއެވެ. އަދަ ހޮސްޕިޓަލުތަކުގައި 90 މީހަކު އެބަ ތިއްބެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 66 މީހަކު ވަނީ މަރުވެފައެވެ. 

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!