މިޔަރު ބާނަމުން ދިޔަ ދޯންޏެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

މިޔަރު މަސްވެރިކަން ކުރަމުންދިޔަ ދޯންޏެއް ހުއްޓުވާ ދޯންޏާއި ފަޅުވެރިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުން ވިދާޅުވީ އދ. މާންދޫ ކައިރީގައި ބަޔަކު މިޔަރު މަސްވެރިކަން ކުރަމުންދާކަމުގެ މައުލޫމާތު މިއަދު 11:30 އެހާކަންހާއިރު އެ އިދާރާއަށް ލިބުމުން އެ އަތޮޅުގައި މަސައްކަތްކުރާ ފުލުހުންގެ ޓީމެއް އެ ދޯނި ހޯދުމަށް ނުކުތްކަމަށެވެ. އަދި ދޯނި ހޯދަމުން ދަނިކޮށް މާވަރު ފަޅު ކައިރިން ދޯނި ފެނުމުން ހުއްޓުވާ ބެލިއިރު އެދޯނިން ދިޔައީ މިޔަރު މަސްވެރިކަން ކުރަމުންކަމަށެވެ.

ދޯނީގައި 4 މީހުން ތިބިކަމަށާއި އެ ދޯނި ބަލާފާސްކުރިއިރު ދޯނީގެ ތެރެއިން މިޔަރާއި މިޔަރުގެ އުރަހައާއި ލޮނު އަޅާފައިވާ މިޔަރު މަސް ފެނިފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި މި މައްސަލަ ބަލަމުން އަންނަކަމަށްވެސް އެ އިދާރާއިން ހާމަކުރެއެވެ.

ރާއްޖޭގައި މިޔަރަކީ ހިމާޔަތްކޮށްފައިވާ ބާވަތަކަށްވުމުން މިޔަރު މަސްވެރިކަން ކުރުމަކީ މަނާކަމަކެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!