އިންޑިއާގެ ފޮރިން ރިސާޗް އިންސްޓިއުޓްއިން މާސްޓަރސް އޮފް ސައިންސް ސްކޮލަރޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

އިންޑިއާގެ ފޮރިން ރިސާޗް އިންސްޓިއުޓްއިން މާސްޓަރސް އޮފް ސައިންސް ސްކޮލަރޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ބުނީ އިންޑިއާގެ ފޮރިން ރިސާޗް އިންސްޓިއުޓްއިން މާސްޓަރސް އޮފް ސައިންސް ކޯހުގެ 10 ސްކޮލަރޝިޕްގެ ފުރުސަތު ސާކް ގައުމުތަކަށް ހުޅުވާލާފައިވާ ކަމަށާއި، މިސްކޮލަރޝިޕްތަކަށް ދަރިވަރުން ހޮވުމުގެ ހުރިހާ މަސައްކަތެއް ކުރާނީ ސްކޮލަރޝިޕް ދޭ ފަރާތުން ކަމަށެވެ.

މިސްކޮލަރޝިޕްގެ ކޯސްތަކާބެހޭ އިތުރު މަޢުލޫމާތާއި، އެޕްލިކޭޝަން ހުށަހަޅަންވީގޮތުގެ މައުލޫމާތު ވެބްސައިޓުން ލިބޭނެއެވެ.

ހަޔަރ އެޑިޔުކޭޝަނުން ބުނީ ވެބްސައިޓްގައި މިސްކޮލަރޝިޕާ ގުޅޭ ގޮތުން ބަޔާންކޮށްފައިވާ ތަކެތި ހަމަކުރުމަށްފަހު އެ މިނިސްޓްރީގެ އީމެއިލް ([email protected]) މެއިލްކޮށް ދިނުމަށް އެދޭ ކަމަށެވެ. އަދި މި މަހުގެ 29 ވާ ހޯމަ ދުވަހުގެ 1:30 ގެ ކުރިން އެޕްލިކޭޝަން ހުށަހެޅުމަށް ހަޔަރ އެޑިޔުކޭޝަނުން އެދިފައިވެއެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!