ހަރްމަން ބަވޭޖާ ކައިވެނިކޮށްފި

2008 ވަނަ އަހަރު ފިލްމް “ލަވް ސްޓޯރީ 2050” އިން ބޮލީވުޑް އަށް ތާރަފްވި ހަރްމަން ބަވޭޖާ ކައިވެނި ކޮށްފިއެވެ. އޭނާ ކައިވެނި ކޮށްފައި މިވަނީ ހިންދޫ ދީނާ އެއްގޮތަށްށެވެ. 2 ދުވަހުގެ މުއްދަތަށް ކުރިއަށްދިޔަ ތަފާތު ސެރޮމަނީ ތަކަށް ފަހު އޭނާ ކައިވެނި ކޮށްފައިވަނީ އިއްޔެ ހެނދުނު ގެ ވަގުތެއްގައިއެވެ.

ހަރްމަން 40، ކައިވެނި ކޮށްފައިވަނީ އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅުން ސާޝާ ރާމްޖަންދާނީ އާއިއެވެ. މި ދެމީހުންގެ އެންގޭޖްމެންޓް އިއުލާން ކުރެވިގެން ދިއައީ ނިމިދިއަ އަހަރުގެ ޑިސެމްބަރު މަހުގައިއެވެ. އެންގޭޖްމެންޓް ގެ ހަބަރާއި އެކު މީޑީއާގެ ސަމާލުކަން ހަރްމަން އަށް ލިބިގެން ދިއައެވެ.

މިކައިވެންޏަށް މަޝްހުރު ބަތަލާ ޝިލްޕާ އަދި ފިރިމީހާ ރާޖްވަނީ ގޮސްފައިއެވެ. ޝިލްޕާ ވަނީ މި ދެމީހުންގެ ވީޑީއޯ ކޮޅެއްވެސް އިންސްޓަގްރާމްގައި ހިއްސާކޮށްފައިއެވެ.

ފިލްމީ ތަރި ޝިލްޕާ ހިއްސާކޮށްފައިވާ ހަރްމަން ގެ ކައިވެނީގެ ވީޑިއޯ ކޮޅެއް

ހަރްމަން ފެނިގެންދިއައީ ބްލަޝް ޕިންކް ކުލައިގެ ޝޭރްވާނީއެއްގައިއެވެ. މި ޝޭރްވާނީ އިތުރަށް ފުރިހަމަކޮށްދީފައިވަނީ ރަންކުލައިގެ ބޯޑަރެވެ. ސާޝާ ހުރީ މެރޫން ކުލައިގެ ލެހެނގާއެއްގައިއެވެ. އަދި މި ލެހެނގާގައި ވެސް ރަންކުލައިގެ ބޮޑު ބޯޑަރެއް އަޅާ ވަނީ ޒީނަތް ކޮށްފައިއެވެ.

ހަރްމަންގެ ފިލްމީ ހަޔާތް ފެށިގެން ދިއައީ ވަރަށް ވެސް ކާމިޔާބުކޮށްނެވެ. ނަމަވެސް އޭނާގެ ކެރިއަކު ވަނީ މުޅިން ނެތިގޮސްފައިއެވެ. ހަރްމަން އޭރުގައި ރިތިކް ރޯޝަން އާއި ވައްތަރުކަށް ބުނެ، ފިލްމީ ދާއިރާގައި ވަރަށް ކާމިޔާބު ލިބޭނެކަމަށް ގިނަބަޔަކު ގަބޫލު ކުރިއެވެ. ނަމަވެސް ހައެއްކަ ފިލްމާއި އެކު ހަރުމަން ގެ ތަރި ވަނީ އޮއްސިފައިއެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!