A Saudi couple visit the Riyadh Spring Festival in the Saudi capital on March 23, 2012. AFP PHOTO/FAYEZ NURELDINE (Photo credit should read FAYEZ NURELDINE/AFP/Getty Images)

ސައުދީ ފިރިހެނުންނަށް 4 ގައުމެއްގެ މީހުންނާއި އިނުން މަނާ ކޮށްފި

  • ބިދޭސީންނާއި ސައުދީ ފިރިހެނުން އިނުން ކޮންޓްރޯލް ކުރުމުގެ ގޮތުން ވަކި ގައުމު ތަކެއްގެ މީހުންނާއި އިނުން މަނާކޮށްފިއެވެ.

އެ ގައުމުގެ ރަސްމީ ފަރާތްތަކާ ހަވާލާދީ މީޑިއާތަކުން ބުނީ ސައުދީ ފިރިހެނުން އިނުން މަނާކުރީ ޕާކިސްތާނާއި ބަންގަލަދޭޝް އާއި މިއަންމާގެ އިތުރުން ޗާޑްގެ އަންހެނުންނާ ކަމަށެވެ.

މިކަމާ ބެހޭ ގޮތުން މައްކާ ފުލުހުންގެ ޑިރެކްޓަރު މޭޖަ ޖެނެރަލް އައްސަފް އަލް-ގްރޭޝީއާ ހަވާލާދީ މައްކާ ޑެއިލީން ބުނީ މިއީ ބިދޭސީންނާ ކައިވެނިކުރުން ކޮންޓްރޯލްކުރުމުގެ ފިޔަވަޅެއް ކަމަށެވެ.

ރިޕޯޓްތައް ބުނާ ގޮތުން ސައުދީ ފިރހެނުން ކައިވެނިކުރުން މަނާކުރި ހަތަރު ގައުމަށް ނިސްބަތްވާ 5،000،000 އަންހެނުން މިހާރު ވެސް އެ ގައުމުގައި ދިރިއުޅެ އެވެ.

ބިދޭސީ އަންހެނުންނާ ސައުދީ ފިރިހެނުން ކައިވެނިކުރުމުގެ އުސޫލުތައް ހަރުކަށިކުރަން ސައުދީން ފަށާފައި އިރު އެފަދަ ކައިވެންޏަކަށް ފުރަތަމަ އެޕްލައި ކުރެވޭނީ ސަރުކާރުގެ ހުއްދަ ހޯދައިގެންނެވެ. އަދި ކައިވެނި ރޫޅުނުތާ ހަ މަސް ނުވާ ފިރިހެނުންނަށް ބިދޭސީ އަންހެނަކާ ކައިވެނިކުރަން ވެސް ހުށައެއްނޭޅޭނެ އެވެ.

ގްރޭޝީ ވިދާޅުވި ގޮތުގައި ބިދޭސީ އަންހެނަކާ ކައިވެނުކުރަން ބޭނުންވާ ނަމަ އެ މީހަކީ އުމުރުން 25 އަހަރުން މަތީގެ ފިރިހެނަކަށް ވާން ޖެހޭނެ އެވެ. އަދި އެކަމާ ގުޅޭ ލިޔެކިޔުންތައް ހުށަހަޅާ އިރު އެ މީހަކު ދިރިއުޅޭ ޑިސްޓްރިކްޓް މޭޔަރުގެ ސޮއި އޮންނަން ޖެހޭނެ އެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!