މީދޫން މީހަކު ޕޮޒިޓިވްވެ ރަށް މޮނިޓަރިން އަށް

ދ. ކުޑަހުވަދޫއަށް ދަތުރު ކުރި މީހަކު ދ. މީދޫން އިން ޕޮޒިޓިވް ވުމާ އެކު އެރަށް މޮނިޓަރިންއަށް ލާފައިވާ ކަމަށް އެޗްއީއޯސީން ބުނެފިއެވެ.

މިރޭ ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓާ (އެޗްއީއޯސީ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުން ބުނީ، ދ. މީދޫން ކޭސްއެެއް ފެނި އެރަށް މޮނިޓަރިންގެ ހާލަތަށް ބަދަލު ކޮށްފައިވާ ކަމަށެވެ. އަދި ޕޮޒިޓިވްވި މީހާއަކީ މިދިޔަ މަހުގެ 26 ވަނަ ދުވަހުގެ ފަހުން އެރަށަށް ދަތުރު ކޮށްފައިވާ މީހެއް ކަމަށް އެޗްއީއޯސީން ބުނެއެވެ.

އެ ކޭސްއާ ގުޅިގެން މީދޫން މީހާރު 60 ކޮންޓެކްޓުން ދެނެގަނެވިފައިވާ ކަމަށާއި އެމީހުންގެ ސާމްޕަލް ނެގުމުގެ ކަންކަން ކުރިއަށް ދާ ކަމަށް އެޗްއީއޯސީން ބުނެއެވެ.

މިއަދާ ހަމައަށް އައި އިރު ދ. ކުޑަހުވަދޫން ވަނީ ޖުމްލަ 22 ކޭސް ފެނިފައެވެ. އަދި އެ 22 ކޭސްއާ ގުޅިގެން 155 ކޮންޓެކްޓުން ދެނެގަނެފައިވާ ކަަމަށް އެޗްއީއޯސީން ބުނެއެވެ. އަދި އެރަށް މޮނިޓަރިންގެ ހާލަތަށް ލާފައިވާއިރު ރެންޑަމް ސާމްޕަލް ތަކާއެކު މިހާތަނަށް 427 ސާމްޕަލްއެއް ނަގާފައިވާ ކަމަށް އެޗްއީއޯސީން ބުނެއެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!