ކޯވިޑް ދިފާޢު: މިއަދު ވެކްސިންޖެހީ 267މީހުން

ކޮވިޑް ވެކްސިނޭޝަން ޕްރޮގްރާމް ރާއްޖޭގައި ކުރިއަށްދާއިރު މިހާތަނަށް 218،912 މީހަކު ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ކަމަށް ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

މިއަދު ވަނީ 276 މީހަކަށް ވެކްސިން ދީފައެވެ. އެއީ އަތޮޅުތަކުން ވެކްސިން ދިން މީހުންނެވެ. މާލެ ސަރަހައްދުގައި މިހާރު ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ދިނުން ހުއްޓާލާފައެވެ. ނަމަވެސް މާދަމާ އަލުން ވެކްސިން ޖަހަން ފަށާނެ އެވެ.

މާލެ ސަރަހައްދުގައި ވެކްސިންގެ ފުރަތަމަ ޑޯޒް ދިނުން ހުއްޓާލިއިރު 121،630 މީހަކަށް ވަނީ ކޮވިޑް ވެކްސިން ދީފައެވެ. އަތޮޅުތަކުން މިހާތަނަށް 97،282 މީހަކަށް ވެކްސިން ދީފައިވެއެވެ.

ރާއްޖޭގައި މިހާތަނަށް ޖަހަމުން އައީ އިންޑިއާއިން ހަދިޔާކޮށްފައިވާ ވެކްސިނެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!