ފިޔަވަތިން 6 ކުދިންނާއި 5 ސްޓާފުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ހުޅުމާލޭގައި ހުންނަ ފިޔަވަތި މަރުކަޒުގައި ތިބި 6 ކުއްޖަކާއި އެ ތަނުގައި މަސައްކަތް ކުރާ 5 މުވައްޒަފެއް ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

މިހާރު ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓާ (އެޗްއީއޯސީ) އިން ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުން ބުނީ، ފިޔަވަތިން މި ފަހުން ކޮވިޑް ފުރަތަމަ ކޭސް އެއް ފެނިފައި ވަނީ މި މަހުގެ 18 ވަނަ ދުވަހުއެވެ. އަދި މިއަދާ ހަމައަށް އައި އިރު އެތަނުގައި ތިބި 6 ކުއްޖަކާ 5 މުވައްޒަފުން ހިމެނޭ ގޮތަށް ޖުމްލަ 11 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް އެޗްއީއޯސީން ބުނެއެވެ.

މި ކޭސްތަކާ ގުޅިގެން ކޮންޓެކްތް ތްރޭސް ކުރެވި 20 ފަރާތެއް ދެނެގަނެވިފައިވާ ކަމަށާއި މިހާރު އެ 20 ކޮންޓެކްޓުންގެ ސާމްޕަލް ނެގުމުގެ ކަންކަން ކުރިއަށްދާ ކަމަށް އެޗްއީއޯސީން ބުނެއެވެ.

ހުޅުމާލޭގައި ހުންނަ ފިޔަވަތި މަރުކަޒަކީ ޖެންޑާ މިނިސްޓްރީގެ ދަށުން ސަރުކާރުގެ ފަރާތުން ބަލަމުންދާ 13 އަހަރުން ދަށުގެ ކުޑަކުދިން ބަލަމުން އަންނަ މަރުކަޒެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!