މާދަމާ ސިނޯފާމް ވެކްސިން ޖަހަން ފަށަނީ

ޗައިނާގެ ސިނޯފާމް ވެކްސިން ރާއްޖޭގައި ޖެހުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީ) އިން ދިނުމާއި ގުޅިގެން މާދަމާ އެ ވެކްސިން ޖަހަން ފަށަން ނިންމާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

ރާއްޖޭގައި މިހާތަނަށް ޖަހަމުން އައީ އިންޑިއާގައި އުފައްދަމުން އައީ ކޮވިޝީލްޑް ވެކްސިނެވެ.

އެޗްޕީއޭއިން ބުނީ މާލެ ސަރަހައްދުގައި ކޮވިޑް ވެކްސިންގެ ފުރަތަަމަ ޑޯޒް ދިނުން ހުއްޓާލާފައި އޮތުމަށް ފަހު އަލުން ވެކްސިން ދޭން މާދަމާ ފަށާނެ ކަމަށެވެ. މާދަމާ ވެކްސިން ޖަހަން ފަށާއިރު ޖަހާނީ ޗައިނާގެ ސިނޯފާމް ވެކްސިނެވެ.

ސިނޯފާމާއި ފައިޒާ-ބަޔޯންޓެކް ވެކްސިން ރާއްޖޭގައި ބޭނުން ކުރުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ދިނީ މި މަހުގެ 15 ވަނަ ދުވަހު އެވެ. މި ދެ ވެކްސިނުގެ ތެރެއިން ސިނޯފާމް ވެކްސިނަކީ އީޔޫގެ ހުއްދަ ނުލިބޭ ވެކްސިނަށް ވުމުން ގިނަ ކަންކަމަށް ބަލާފައިވެ އެވެ. އެ ގޮތުން ކުންފުނީގެ މައުލޫމާތާއި ދުނިޔޭގައި އެ ވެކްސިނަށް ހުއްދަ ދިން ގައުމުތަކާއި ވެކްސިން އުފައްދާ ކުންފުނީގެ ފެންވަރު ހިމެނެ އެވެ. ނަމަވެސް ސިނޯފާމް ވެކްސިނަށް އީޔޫއިން ވަރަށް އަވަހަށް އެޕްރޫވަލް ދޭން ވަނީ ނިންމާފަ އެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!