ކޮނޑޭ އިސްމެޖިސްޓްރޭޓްގެ ސްލޫކީ މައްސަލައެއް ތަހުގީގް ކުރަނީ

ގއ.ކޮނޑޭ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް މުޙައްމަދު އިބްރާހީމްގެ ސުލޫކީ މައްސަލައެއް ޖުޑީޝަލްސަރވިސް ކޮމިޝަން (ޖޭއެސްސީ)އިން ތަހުގީގް ކުރަން ފަށައިފިއެވެ.

ޖޭއެސްސީން ބަލަމުންދަނީ ގއ.ކޮނޑޭ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް މުޙައްމަދު އިބްރާހީމާ ޙަވާލުކޮށްފައިވާ ކޯޓުތަކަށް ދަތުރު ކުރަނީ ކަނޑައެޅިފައިވާ އުޞޫލުތަކާ ޚިލާފަށްކަމަށާއި، ކޯޓަށް ހުށަހެޅޭ މައްސަލަތައް ނިންމުމުގައި އިސްމެޖިސްޓްރޭޓް މުޙައްމަދު އިބްރާހީމް އަދާކުރަންޖެހޭ ޒިންމާއަށް އިހުމާލުވެފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައެވެ.

މީގެ އިތުރުން ކޯޓުގެ މުވައްޒަފުންނާއި ކޯޓަށް ހުށަހެޅޭ މައްސަލަތަކުގެ ވާހަކަ އިސްމެޖިސްޓްރޭޓް ކޯޓުން ބޭރުގައި ދައްކާ މައްސަލަވެސް ތަހުގީ ކުރުމަށް ނިންމާފައިވާމަށް ޖޭއެސްސީން ވިދާޅުވެއެވެ. މުޙައްމަދު އިބްރާހީމްގެ މައްސަލަ ތަހުގީން ކުރުމަށް މިހާރު އެކޮމިޝަނުން ވަނީ ތަހުގީގް ޓީމެއްވެސް އެކުލަވާލާފައެވެ.

ޖޭއެސްސީން ދަނީ ފަނޑިޔާރުންނާ ގުޅޭ ގިނަ މަސައްލަތަކެއް ތަހުގީގް ކުރަމުންނެވެ. އެގޮތުން މިދިޔަ އަހަރުގެ އެކޮމިޝަނަށް ފަނޑިޔާރުންނާި ބެހޭގޮތުން 288 މައްސަލަ ހުށަހަޅާފައިވެއެވެ. އެ މައްސަލަތަކުގެ ތެރެއިން 41 މައްސަލަ ޝަކުވާގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވެއެވެ. އަދި ޝަކުވާތަކުގެ ތެރޭގައި އެންމެ ގިނައިން ހުށައަޅާފައިވަނީ ފަނޑިޔާރުންގެ އިންޓަރގްރިޓީއާ ގުޅޭ ޝަކުވާތަކެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!