ޝްރަދާ ރާއްޖޭގެ މޫދު އަޑި ބަލާލަނީ

މިވަގުތު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދާ ބޮލީވުޑް ބަތަލާ ޝްރަދާ ކަޕޫރު، ރާއްޖޭގެ މޫދު އަޑި ބަލާލަން ގޮސް ވީޑިއޯއެއް ހިއްސާކޮށްފިއެވެ.

34 އަހަރުގެ ބަތަލާ އިއްޔެ އިންސްޓަގްރާމްގައި ހިއްސާކުރި ވީޑިއޯގައި ފެންނަނީ، މާސްކާއި ފިންސު އަޅައިގެން މޫދު އަޑީގެ ދިރުންތައް ބަލާލާ މަންޒަރެވެ. އެ ވީޑިއޯގެ ކެޕްޝަންގައި ވެސް ޖަހާފައި ވަނީ “ލައިފް އަންޑާ ވޯޓާ” އެވެ. ކުލަކުލައިގެ މަސްތަކާއި ފަރު ފެނިގެންދާ މި ވީޑިއޯ މިހާތަނަށް 2 މިލިއަނަށްވުރެ ގިނަ މީހުން ބަލާފައިވެއެވެ.

ޝްރަދާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދަނީ އޭނާގެ މަންމަ ޝިވާންގީ އާއި، ބައްޕަ ޝަކްތީ ކަޕޫރާއެކުގައެވެ. މީގެ 4 ދުވަސް ކުރަން ރާއްޖެ އައި ގޮތަށް އެމީހުން ތިބީ ވޮއްމުލި ރިސޯޓުގައެވެ.

ޝްރަދާ ވަނީ މި މަހު ކުރީކޮޅު ވެސް ރާއްޖެއަށް އައިސްފައެވެ. އޭރު އާއިލާގެ ގިނަ ބަޔަކާއެކު އައީ، އޭނާގެ ދެބެއިންގެ ދެދަރި ޕްރިޔާންކް ޝަރްމާގެ ކައިވެންޏަށެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!