ރާނީގެ އުފަންދުވަހު އާ ފިލްމެއް އިއުލާނުކޮށްފި

ބޮލީވުޑްގެ ހުނަރުވެރި އެކްޓްރެސް ރާނީ މުކަރްޖީ، އޭނާގެ 43 ވަނަ އުފަންދުވަހާ ގުޅިގެން އާ ފިލްމެއް އިޢުލާނު ކޮށްފިއެވެ.

އުފަންދުވަހާ އެކުއެކީ، ރާނީ އަންނަނީ އޭނާ ފިލްމީ ދާއިރާގައި އުޅޭތާ 25 އަހަރު ފުރުންވެސް މިއަދު ފާހަގަކުރަމުންނެވެ.

އެއާއެކު އޭނާ އިޢުލާނުކުރި ފިލްމުގެ ނަމަކީ “މިސިސް ޗެތަރްޖީ ވާސަސް ނޯވޭ” އެވެ. މިއީ 2011 ވަނަ އަހަރު އިންޑިއާގައި ހިނގި ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ހަދާ ފިލްމެކެވެ. މި ފިލްމާ ބެހޭ މާ ގިނަ މަޢުލޫމާތެއް މިހާތަނަށް ހާމަނުކުރިޔަސް، ފިލްމުގެ ލީޑު ރޯލު ކުޅޭނީ ރާނީކަން ވަނީ ކަށަވަރުކޮށްދީފައެވެ. އަދި އެ ފިލްމަށް ސޮއި ކުރިކަން ހާމަކުރަމުން ރާނީ ބުނީ، މިއީ އޭނާގެ ކެރިއަރުގައި ސޮއިކުރި އެންމެ ޙާއްސަ އެއް ފިލްމަށް ވެގެންދާނެ ކަމަށެވެ.

“މިސިސް ޗެތަރްޖީ ވާސަސް ނޯވޭ” އަކީ، އިންޑިއާގެ ދެމަފިރިއަކަށް ލިބުނު ދަރިންތަކެއް، ނޯވޭގެ ވެލްފެއާ ސާވިސް އިން ގެންދިޔަ ހާދިސާގެ މައްޗަށް ހަދާ ފިލްމެކެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!