ސްރީދޭވީގެ ޗާލްބާޒް ބަލަން ޖާންވީ ފޫހިވަނީ މި ސަބަބާހެދި

ބޮލީވުޑްގެ އުންމީދީ ބަތަލާ ޖާންވީ ކަޕޫރުގެ ކުރިއަށް އޮތް ފިލްމުތަކުގެ ތެރެއިން އެންމެ އަވަހަށް ނުކުންނަ އޮތް ފިލްމަކީ ދިނޭޝް ވިޖާންގެ “ރޫހީ” އެވެ.

މާޗު 11 ގައި ރިލީޒްކުރަން ތައްޔާރުވަމުންދާ އެ ފިލްމުގައި ޖާންވީ ކުޅެނީ ޑަބަލް ރޯލެވެ. އެއާއެކު، ނޫހަކުން އޭނާއާ ކުރި ސުވާލަކީ، ޖާންވީ އެ ފިލްމު ކުޅުނުއިރު އޭނާގެ މަންމަ، ކުރީގެ ބަތަލާ ސްރީދޭވީ، ޒުވާންއިރު ކުޅެފައިވާ “ޗާލްބާޒް” އިން ފިލާވަޅު ނެގިންތޯއެވެ. ސަބަބަކީ، އެ ފިލްމުގައި ސްރީދޭވީ ވެސް ކުޅެފައިވަނީ ޑަބަލް ރޯލު ކަމަށްވުމެވެ.

ނަމަވެސް އެ ސުވާލަށް ޖަވާބުދެމުން 24 އަހަރުގެ ބަތަލާ ބުނީ، “ޗާލްބާޒް” އަކީ މަންމަގެ ފިލްމުތަކުގެ ތެރެއިން އޭނާ އެންމެ ބަލަން ބޭނުންނުވާ ފިލްމު ކަމަށެވެ. ސަބަބަކީ، އެ ފިލްމުގައި ސްރީދޭވީއަށް ފިލްމުގެ އެހެން މީހުން އިހާނެތިކޮށް ކަންތައްކުރާ މަންޒަރު ފެންނާތީ ކަމަށް ޖާންވީ ބުންޏެވެ.

“އަހަރެން ކުޑައިރު އެ ފިލްމު ބަލާފަ ވަރަށް ބޮޑަށް އަސަރުކުރި”، ޖާންވީ ކިޔައިދިނެވެ.

ޖާންވީ ވަނީ މިއަދު އޭނާގެ އުފަންދުވަސް ފާހަގަކޮށްފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!