ފޮޓޯ: ޕީއެސްއެމް

ދިއްދޫ އަމާން ވެއްޓަށް 15 ކުއްޖަކު ބަދަލުކޮށްފި

ހއ. ދިއްދޫގައި ހުޅުވި އަމާން ވެށްޓަށް 15 ކުއްޖަކު ބަދަލުކޮށްފިއެވެ.

ޖެންޑަރ މިނިސްޓްރީގެ ބެލުމުގެ ދަށުގައި ތިބި މި ކުދިން ގޮވައިގެން އެ ރަށަށް ވަޑައިގެންނެވީ ޖެންޑަރ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީއާއި ސްޓޭޓް މިނިސްޓަރ ޢާއިޝަތު ރަޝީދާއާއި ޑެޕިޔުޓީ މިނިސްޓަރ ފާޠިމަތު ޔުމްނާއެވެ. ދިއްދޫއިން މިކުދންނަށް ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ.

އެ މިނިސްޓްރީން މަޢުލޫމާތު ދެއްވި ގޮތުގައި އަތޮޅުތަކުގައި ޤާއިމްކުރާ އަމާންވެށިތަކަށް ކުދިން ބަދަލުކުރާއިރު، އެކުދިން ދިރިއުޅެމުންދާނީ ދަޢުލަތުގެ ބެލުމުގެދަށުގައި ތިބި، އެ ޢާއިލާއެއްގެ އެހެން ކުދިންނާވެސް އެކުގައި ކަމަށެވެ. އަދި މިކުދިން ރަށުގެ އެހެން އާއިލާތަކާވެސް ގުޅުވައިދޭނެ ކަމަށް އެމިނިސްޓްރީން ވިދާޅުވިއެވެ.

ދަޢުލަތުގެ ބެލުމުގެދަށަށް ނަގާ ކުދިން އަތޮޅުތަކުގައި ހަދާފައިވާ މަރުކަޒުތަކަށް ބަދަލުކުރަން ފަށާފައިވަނީ އިޖުތިމާޢީ އަދި އާއިލީ ގުޅުމުގެ ތެރެއިން ބޮޑުވުމުގެ ފުރުޞަތު އެކުދިންނަށް ފަހިކޮށްދިނުމުގެ ގޮތުން ކަމަށް ޖެންޑަރ މިނިސްޓްރީން ވިދާޅިވިއެވެ. އަދި ސަރުކާރުގެ ސިޔާސަތަކީ މާލޭ ސަރަޙައްދުގައި ތޮއްޖެހިފައިވާ މަރުކަޒުތަކުގައި އެ ކުދިން ގެންގުޅުމުގެ ބަދަލުގައި، އެހެން ކުދިންނެކޭ ވެސް އެއްގޮތަށް މުޖުތަމަޢުގެ ތެރޭގައި ބޮޑުވުމުގެ ފުރުޞަތު ހޯދައިދީ، އެ ފަދަ މާޙައުލެއް ތަނަވަސްކޮށްދިނުން ކަމަށެވެ.

ރަށްރަށުގައި ޤާއިމްކުރާ އަމާންވެށިތަކުގައި ކުދިން ބައިތިއްބާނީ ވަކި ޢަދަދަކަށެވެ. އަދި މި ތަންތަނުން އެކުދިންނަށް ބޭނުންވާ ފުރިހަމަ އަޅާލުމާއި ތަރުބިއްޔަތާއި ދިރިއުޅުމުގެ ހުނަރުތައް ދަސްކޮށްދިނުމުގެ ޕްރޮގްރާމްތައްވެސް ހިންގާނެކަމަށް އެ ޖެންޑަރ މިނިސްޓްރީން ވިދާޅުވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!