ޓީވީ ހޯސްޓް ރަންވިޖޭ ސިންގ އިންސްޓަގްރާމުގައި ވަނީ އައިލީ ތަސްވީރެއް ހިއްސާ ކޮށްފައިއެވެ. މި ފޮޓޯގައި ރަންވިޖޭ އާއި ދަރިފުޅު ކާއިނާތް ޕްރިޔަންކާ ގެ ބަޑުގައި އަތް އަޅާލާފައިވާތަށް ފެނެއެވެ. މީ ޕްރިޔަންކާ ބަލިވެއިންކަން ހާމަކުރުމަށް ހިއްސާ ކޮށްފައިވާ ފޮޓޯއެކެވެ.
މި ފޮޓޯއަށް ވަނީ ރަންވިޖޭ ހޯސްޓްކުރާ ޝޯ އެމްޓީވީ ރޯޑީސްގެ ކޯ ސްޓާއިން ކޮމެންޓް ކޮށްފައިއެވެ. ރަންވިޖޭ ދެން ފެނިގެން ދާނީ އެމްޓީވީގެ ސްޕްލިޓްސް ވިލާ ސީޒަން 13 އިންނެވެ. މި ޝޯވ ގައި އޭނާ އާއި އެކު މަޝްހޫރު ބަތަލާ ސަނީ ލިއޯނީ ވެސް ފެނިގެން ދާނެއެވެ.
ރަންވިޖޭ މިހާރުވެސް ދަނީ ސްޕްލިޓް ވިލާގެ ފޮޓޯތަށް ސޯޝަލް މީޑިއާގައި ހިއްސާ ކުރަމުންވެ. ހިންދުސްތާން ޓައިމްސް އަށް ދިން އިންޓަވިއުއެއްގައި ރަންވިޖޭ ބުނެފައިވަނީ ގައުމަށް ހިދުމަތްކުރާތާ 100 ވަރަކަށް އަހަރު ވެފައިވާ އާއިލާ އަކަށް ނިސްބަތް ވުމަކީ ވަރަށް ފަހުރު ވެރިވާ ކަމެއް ކަމަށެވެ.
ރަންވިޖޭ އަކީ އޭނާގެ އާއިލާ އިން އިންޑިއަން އާމީއާއި ގުޅުނު 6 ވަނަ ޖެނެރޭޝަނެވެ.