ރޭޕުގެ ޝިކާރައަކަށްވި ކުޑަކުއްޖަކު ދެވަނަ ފަހަރަށް ރޭޕް ކުރީ ފުލުސް މީހާ

އެމެރިކާގެ ލޫޒިނިއާ ސްޓޭޓުގައި އޮންނަ ނިއު އޯލީންސްގައި، ރޭޕްގެ ޝިކާރައަކަށްވި 14 އަހަރުގެ އަންހެން ކުއްޖަކު، ފުލުސް އޮފިސަރެއްގެ އަތްދަށުވެ ދެވަނަ ފަހަރަށް ރޭޕް ވެއްޖެއެވެ.

މި ކުއްޖާ ދެވަނަ ފަހަރަށް ރޭޕު ވެފައިވަނީ، ފުރަތަމަ ފަހަރު ރޭޕް ކުރުމުން ޓެސްޓު ކުރުމަށްޓަކައި ފުލުސް އޮފިސަރަކާއެކު ހޮސްޕިޓަލަށް ފޮނުވުމުން، އެދުވަހަށް ފަހުގައެވެ. މިހާރު ވަޒީފާއިން ވަކިކޮށްފައިވާ އެ ފުލުސް އޮފިސަރުގެ ނަމަކީ ރޮޑްނީ ވިކްނެއާއެވެ.

ބޭރުގެ ނޫސްތަކުން ރިޕޯޓުކުރާ ގޮތުގައި، ހޮސްޕިޓަލަށް ދިޔަދުވަހު ވިކްނެއާ ވަނީ ވެއިޓިންގ ރޫމްގައި ހުރެފައި އެކުއްޖާއަށް ފޯނުން ބަރަހަނާ ފޮޓޯތަކެއް ދައްކައި ހައްލާލައިފައެވެ. އަދި އޭގެފަހުން އެތައް ފަހަރެއްގެ މަތިން އެކުއްޖާއަށް ޖިންސީ ގޯނާކޮށް ރޭޕްވެސް ކޮށްފައެވެ. އެގޮތުން އެއްފަހަރަކު އެކުއްޖާ ނިދާފައި އޮއްވައި ކޮޓަރިތެރެއަށް ވަދެ ވެސް ބެހިފައިވެއެވެ. އަދި އޭނާގެ ޕޮލިސް ވެހިކަލްއަށް ގެނެސްގެންނާއި، އެކި ގޮތްގޮތުން 4 މަސް ވަންދެން ޖިންސީ ގޯނާ ކޮށްފައިވެއެވެ.

2020 ގައި ހިނގި މި ހާދިސާއާ ގުޅިގެން ރޭޕްގެ ޝިކާރައަށްވި ކުއްޖާގެ މައިންބަފައިން ވަނީ ނިއު އޯލީންސްގެ ފުލުސް އޮފީހާ ދެކޮޅަށް ކޯޓުގައި މައްސަލަ ޖައްސައިފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!