TikToker Samantha Hartsoe discovers a creepy secret room behind her bathroom mirror.

މި އަންހެން މީހާ ދިރިއުޅޭ އެޕާޓުމެންޓްގެ ތެރެއިން ފެނުނީ ގޮތްނޭނގޭ ކޮޓަރިއެއް

އެމެރިކާގެ ނިއު ޔޯކުގައި ދިރިއުޅޭ ސަމަންތާ ހާޓްސޯ ނަމަކަށް ކިޔާ މި އަންހެން މީހާއަށް ދިމާވީ ވަރަށް އާދަޔާ ޚިލާފު ކަމެކެވެ.

ސަމަންތާ ޓިކްޓޮކްގައި ހިއްސާކުރި ވީޑިއޯގައި، އޭނާ ދިރިއުޅޭ އެޕާޓުމެންޓުން “ގޮތްނޭނގޭ” ކޮޓަރިއެއް ފެނެއެވެ. އޭނާ އެތާ އުޅޭތާ ދުވަސްތަކެއް ވެފައިވިޔަސް، އެއީ އޭނާއަށް މީގެކުރިން އެނގިފައިވާ ކަމެއް ނޫނެވެ.

“އަހަރެން ފާހަނާއިގަ ހުއްޓަ ފިނި ވައިޖެހޭތީ ބެލިއިރު މިތަން ފެނުނީ.” ވީޑިއޯގައި ސަމަންތާ ބުނެއެވެ.

ހަތަރު ބަޔަކަށް ބަހާލައިގެން ގެނެސްދިން މި ޓިކްޓޮކް ތަކަށް ގިނަ އަދަދެއްގެ ވިއުސް ލިބިފައިވެއެވެ. އަދި އެތައް ބަޔަކު ވަނީ ސަމަންތާގެ މި އާދަޔާ ޚިލާފު ވާހަކައަށް ޝައުގުވެރިވެފައެވެ.

އެ ގޮތްނޭނގޭ ތަން ފެނުނީ ސަމަންތާގެ ފާހަނައިގައި ހުންނަ ލޯގަނޑުގެ ފަހަތުންނެވެ. ލޯގަނޑު ނަގާފައި ބެލިއިރު ކުޑަދޮރެއް ކަހަލަ ހުސްޖާގައެއް ހުރުމުން ސަމަންތާ ވަނީ އެތާ ތެރެއަށް ވަދެފައެވެ. ވަން އިރު ފެންނަނީ ކުޑަ އެޕާޓްމެންޓެއް ކަހަލަ ތަންކޮޅެކެވެ. އެއީ މީހަކު ދިރިއުޅޭ ތަނަކަށް ނުވާއިރު، ފެންނަ ފެނުމަށް ފަޅުވެފައި ބިރުވެރިއެވެ.

ސަމަަންތާ ބުނީ އޭނާ އެގޭ ވެރިފަރާތަށް ގުޅާފައި އެވާހަކަ ބުނާނެ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!