ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މިހާރު މާލޭގައި ކުރިއަށްގެންދާ މުޒާހަރާގެ ތެރެއިން 17 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
އެހެން ހުކުރު ތަކެކޭ އެއްގޮތަށް އިދިކޮޅުން މިއަދުވެސް މުޒާހަރާ ފަށާފައި ވަނީ އެ ކޯލިޝަންގެ އޮފީސް ކުރިމަތީގައެވެ. އެ ސަރަހައްދު ފުލުހުން ވަނީ ބަންދުކޮށްފައެވެ.
މިއަދު ކުރިއަށްދާ މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންގެ ތެރޭގައި އިދިކޮޅު ކޯލިޝަންގެ އިސް ފަރާތްތައް ހިމެނޭ ކަމެއް އަދި ސާފެއް ނޫނެވެ.
ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅަށް އަދި ހިޔާ މަޝްރޫއުގެ ފްލެޓްތައް ޕީޕީއެމުން ބެހި ގޮތް ބާތިލްކޮށް މި ސަރުކާރުން ދިން ގޮތް ބޭއިންސާފު ކަމަށް ބުނެ އެންމެ ފަހުން ބޭއްވި އެއްވުން ވެސް ހުއްޓުވައި އެތައް ބަޔަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށް ފަހު އެ އެންމެން ވަނީ ޖޫރިމަނާކޮށްފަ އެވެ.