އިދިކޮޅު މުޒާހަރާ ފަށައިފި

ކޮންމެ ހުކުރު ދުވަހަކު ޕީޕީއެމް/ޕީއެންސީ އިން ސިލްސިލާކޮށް ބާއްވަމުން އަންނަ މުޒާހަރާތައް ހުއްޓުވަން މިއަދު މުޒާހަރާ ފެށުމުގެ ކުރިން ފުލުހުން ގޮސް ޕީޕީއެމް އޮފީސް ހިމެނޭ ސަރަހައްދު އެއްކޮށް ބަންދުކޮށްފައި ވަނިކޮށް މުޒާހަރާ ފަށައިފިއެވެ.

އިދިކޮޅުން މިއަދު މާލޭގައި މުޒާހަރާ ކުރާނެ ކަން މީގެ 3 ދުވަސް ކުރިން އިދިކޮޅު ހަރަކާތްތަކުގައި އިސްކޮށް ހުންނެވި ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއީލް ވަނީ އިއުލާނު ކޮށްފައެވެ. އެގޮތުން އޭރު އޭނާ ވިދާޅުވީ، އެ އިހުތިޖާޖު ވެގެން ދާނީ ކުރީ ހުކުރުގަ ބޭއްވި އިހުތިޖާޖަށްވުރެވެސް ވަރުގަދަ އިހުތިޖާޖެއް ކަމަށާއި އެ ހަރަކާތަކީ ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދެވޭނެ ހަރަކާތެއް ކަމަށާއި، ކުއްލި ހާލަތުގައިވެސް ނުހިފެއްޓޭނެ ހައްގުތަކެއްވާކަން ސަރުކާރުންވެސް ގަބޫލުކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އިދިކޮޅުން މާލޭގައި މުޒާހަރާ ކުރަމުން އަންނަނީ ކޮވިޑް-19 އާއި ގުޅިގެން އެއްވެ އުޅުން މަނާ ކޮށްފައިވާ ދަނޑިވަޅެއްގައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!