“ބިގް ބޮސް 13” އިން ވިދައިލި ޕަންޖާބުގެ އެކްޓްރެސް ޝެހެނާޒް ގިލް އާއި އިންޑިއާގެ މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ ބާދްޝާހުގެ ވީޑިއޯ ލަވަ ޔޫޓިއުބްގައި ރިލީޒްކޮށްފިއެވެ.
ގިނަ ބަޔަކު އިންތިޒާރު ކުރަމުންދިޔަ މި ލަވަ ސޮނީ މިއުޒިކް އިންޑިއާ ޗެނަލުން ޔޫޓިއުބަށް އިއްޔރ ދޫކޮށްލުމާއެކު ގިނަ ބަޔަކު އަންނަނީ މި ލަވަ ބަލާފައި، ޝެހެނާޒަށާއި ބާދްޝާހަށް ތަޢުރީފުކުރަމުންނެވެ. “ފްލައި” ނަމަކަށް ކިޔާ މި ލަވައަށް މިހާތަނަށް 10 މިލިއަނަށްވުރެ ގިނަ ވިއު ލިބިފައިވެއެވެ.
ޝެހެނާޒަކީ ލަވަކިޔުންތެރިއަކަށް ވިޔަސް، “ފްލައި” ގައި ލަވަކިޔާފައެއް ނުވެއެވެ.
މިއީ ކަޝްމީރުގެ ސްނޯތަކުގައި ކުޅެފައިވާ ވީޑިއޯއެކެވެ.
“ބިގް ބޮސް” އަށްފަހު ޝެހެނާޒް އަންނަނީ ގިނަ ވީޑިއޯ ލަވަތަކެއްގައި މަސައްކަތް ކުރަމުންނެވެ.