ޝްރެއާ އިނީ ވިހަން ކައިރިވެފައި

މަޝްހޫރު ލަވަ ކިއުން ތެރިއާ ޝްރެއާ ގޯޝާލް އިނީ ފުރަތަމަ ދަރިފުޅަށް ބަލިވެއެވެ. ޝްރެއާ ވަނީ މަޝްހޫރު ގިނަ ލަވަތަކެއް ކިޔައި ގިނަބައެއްގެ ލޯބި ހޯދާފައިއެވެ.

ބަލިވެއިންކަން އިއުލާން ކުރަމުން ޝްރެއާ ވަނީ އިންސްޓަގްރާމްގައި ބަނޑު ފެންނާނެ ހެން ޕޯސްޓެއް ކޮށްފައިއެވެ. މި ޕޯސްޓް ހިއްސާ ކުރަމުން ޝްރެއާ ބުނެފައި ވަނީ އެދެމައިންނަށް ހެޔޮދުއާ ކޮށްދިނުމަށެވެ.

ޝްރެއާ އާއި ޝިލަދިއްތިޔާ ކައިވެނި ކުރީ 2015 ވަނަ އަހަރުގައި އެވެ. ޝްރެއާ އަށް ދަރިފުޅަކު މި ލިބެނީ ކައިވެންޏަށް 6 އަހަރު ފަހުންނެވެ. މި ދެމީހުން ނަކީ ކުޑައިރުސުރެ ލޯބީގެ ގޮތުން ގުޅިފައިވާ ދެމީހުނެވެ.

ލޮކްޑައުންގައި ޝްރިއާ ހޭދަކުރީ ސޯމިއަދީޕް ގޯޝާލް އާއި އެކު މިއުޒިކު ތައްޔާރުކުރުމުގައިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!