ޝްރައްދާ ރާއްޖެގައި އޭނާގެ ލޯބިވެރިޔާ އާއި އެކު ނަގާފައިވާ ގައިގޯޅި ފޮޓޯތަކެއް ލީކުވެއްޖެ

އާއިލީ ކައިވެންޏަކަށް ޝްރައްދާ މި ވަގުތު ހުރީ ރާއްޖޭގައިއެވެ. މި ދަތުރަކީ ޝްރަދާއަށް ވަރަށް ހާއްސަ ދަތުރެކެވެ. ކައިވެޏަށް ފަހު ޝްރައްދާ ވަނީ އޭނާގެ އުފަންދުވަސް ވެސް ފާހަގަ ކޮށްފައިއެވެ.

ރާއްޖޭގައި ޝްރައްދާ ހޭދަކުރަމުންދާ މަޖާ އަންނަނީ ސޯޝަލް މީޑިއާ މެދުވަރިކޮށް ފޭނުންނާއި ހިއްސާ ކުރަމުނެވެ. އުފަންދުވަސް ފާހަގަ ކުރުމަށް ބޭއްވި ހަފްލާގައި ނަގާފައިވާ ބައެއް ވީޑިއޯ އަދި ފޮޓޯވެސް ވަނީ ލީކުވެފައިއެވެ. އެގޮތުން ޝްރައްދާ ގެ އުފަންދުވަހުގެ ޕާޓީގެ ތެރެއިން އޭނާގެ ލޯބިވެރިޔާ ކަމަށް ބުނާ ރޯހަން ޝްރެސްތާ ވަނީ ފެނިގެން ގޮސްފައިއެވެ. މި ޕާޓީގައި އެ ދެމީހުން އުޅުނު ގައިގޯޅިކަން ފެނި ގިނަބަޔަކު ވަނީ އެ ދެމީހުން ގެ ގުޅުން ވަރަށް ސީރިއަސް ކަމަށް ބުނެފައިއެވެ.

އަދި މި ދެމީހުން ވަރަށް އަވަހަށް ކައިވެނީ ކުރާނެ ކަމުގެ އަޑުތަށް ވެސް މި ވަނީ ވަރަށް ގަދަ ވެފައިއެވެ. މި ވާހަކަ މި ގޮތަށް ދައްކަން ފެށީ ވަރުން ދަވަން ގެ ސަބަބުންނެވެ. ވަރުން ބުނިގޮތުގައި ދެން އެންމެ އަވަހަށް ކުރެވިގެން ދާނީ ރޯހަން ގެ ކައިވެންޏެވެ.

ޝްރައްދާ އެންމެ ފަހުން ފެނިގެން ދިއައީ ބާގީ 3 އިންނެވެ. ޝްރައްދާ މިހާރު ކުޅެމުންދާ ފިލްމަށް އަދި ނަމެއް ދީފައިއެއް ނުވެއެވެ. މި ފިލްމުގައި ޝްރައްދާ އާއި އެކު ފެނިގެން ދާނީ ރަންބީރު ކަޕޫރުއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!