ބާރަށުން ޕޮޒިޓިވްވި ޖުމްލަ އަދަދު 22 އަށް އަރައިފި

ހއ. ބާރަށުން އިތުރު 9 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެ، އެ ރަށުން ޕޮޒިޓިވްވި ޖުމްލަ އަދަދު 22 އަށް އަރައިފިއެވެ.

ބާރަށު ކައުންސިލުން ބުނީ އިއްޔެ ބާރަށުން ނެގި 150 ސާމްޕަލްގެ ތެރެއިން މިއަދު އިތުރު 9 މީހެއްގެ ސާމްޕަލް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އެއާއެކު ރަށުން ޕޮޒިޓިވްވި މީހުންގެ އަދަދު 22 އަށް ވަނީ އަރާފައެވެ.

މިއަދު އިތުރު 9 މީހަކު ޕޮޒިޓިވް ވެފައި ވާއިރު، އެންމެ ފުރަތަމަ ބާރަށުން ޕޮޒިޓިވް ވެފައި ވަނީ ހޯމް ކަރަންޓީން ފުރިހަމަ ކުރި 9 މީހަކު، މިދިޔަ ހޯމަ ދުވަހެވެ.

އެ ނުވަ މީހުންނަކީ އެއްކޮށް ކަރަންޓީނުގައި ތިބި މީހުން ކަމަށާއި އޭގެ ތެރޭގައި ހައި ރިސްކް މީހަކު ހިމެނެއެވެ. ހައިރިސްކް މީހާ ށ. އަތޮޅު ފުނަދޫގައި ހުންނަ ކޮވިޑް ފެސިލިޓީއަށް ވަނީ ބަދަލު ކޮށްފައެވެ.

އަދި އެމީހުންނާއި އިތުރު މީހުން ބައްދަލުވެފައި ވުމުން ޖެހިގެން އައި ދުވަހު 6 މީހެއްގެ ސާމްޕަލް ނެގިއެވެ. އޭގެ ތެރެއިން 4 ސާމްޕަލެއް ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.

ޖުމްލަ 22 މީހަކު އެ ރަށުން އެކަނި ޕޮޒިޓިވް ވެފައި ވާއިރު، ރާއްޖޭގައި ކޮވިޑްގެ ހާލަތު އެއްދުވަހުން އަނެއް ދުވަހަށް އަންނަނީ ގޯސްވަމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!