ޓައިގާ އާއި ދިޝާގެ ކައިވެނީގެ ވާހަކައަށް ޖެކީ ޝްރޮފް ބުނަން އޮތީ ކީކޭ؟

ބޮލީވުޑްގެ ޒުވާން ދެތަރިން ކަމަށްވާ ޓައިގާ ޝްރޮފް އާއި ދިޝާ ޕަޓާނީ ރައްޓެހިވެގެން އުޅޭތާ ދުވަސްތަކެއް ވެފައިވާއިރު، މިހާރު އެމީހުންގެ ފޭނުން ބަލަން ބޭނުންވާ ކަމަކީ އެދެތަރިން ކައިވެނި ކުރާނެ ދުވަހެކެވެ. އަދި އެމީހުން ވަަރށް އަވަހަށް ކައިވެނިކުރަން އުޅޭކަމަށްބުނެ ބައެއް މީޑިއާތަކުން އަންނަނީ ޚަބަރު ފަތުރަމުންނެވެ. މިކަމާ ބެހޭގޮތުން ޓައިގާގެ ބައްޕަ، އަދި ކުރީގެ މަޝްހޫރު އެކްޓަރު ޖެކީ ޝްރޮފް ވަނީ ނޫހަކާ ވާހަކަ ދައްކައިފައެވެ.

ޓައިގާގެ 31 ވަނަ އުފަންދުވަހާ ގުޅިގެން ނޫހަކަށް ދިން އިންޓަވިއުއެއްގައި ޖެކީއާ ކުރީ ސުވާލަކަށް ޖަވާބުދެމުން ބުނީ، ޓައިގާ މިހާރު އިނދެގެން އުޅެނީ އެކްޓިންގ އާ ކަމަށެވެ. “އަހަންނަކަށް ހިޔެއް ނުވޭ އޭނަގެ ސަމާލުކަން އެހެން ކަމަކަށް މިދުވަސްކޮޅު ގޮސްފާނެ ހެނެއް. އޭނައަކީ ކުރާ އެއްކަމަކަށް ވަރަށް ފަރުވާވެގެން އެކަމެއް ކުރާ މީހެއް. އެހެންވީމަ ކައިވެނި ކޮށްފިއްޔާ އޭނަގެ ހުރިހާ ވަގުތެއް ދޭނީ ކައިވެންޏަށް”، ޖެކީ ބުންޏެވެ.

އެހެންކަމުން، ޖެކީގެ ވާހަކައިން ދޭހަވާ ގޮތުގައި ކައިވެނި ކުރުމުގެ ބަދަލުގައި ޓައިގާ ބޭނުންވަނީ މިދުވަސްކޮޅު އޭނާގެ ކެރިއަރު އުސްމިންތަކަށް ގެންދާށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!