ޕަތާން އަށް ދިޕިކާގެ ރީތި އިސްތަށިގަނޑު ކޮށާލަނީ؟

ގިނަ ބަޔަކު އެންމެ އިންތިޒާރު ކުރަމުންދާ ބޮލީވުޑް ފިލްމު “ޕަތާން” ގައި ބަތަލާ ދިޕިކާ ޕަޑުކޯން ކުޅޭނީ އޭޖެންޓެއްގެ ރޯލު ކަމަށާއި، އެ ރޯލަށް އޭނާގެ އިސްތަށިގަނޑަށް ބޮޑު ބަދަލެއް ގެންނާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

‘ޕިންކްވިލާ’ އިން ރިޕޯޓުކުރާ ގޮތުގައި، އެ ފިލްމުގައި ދިޕިކާ ކުޅެން ހަމަޖެހިފައިވާ އޭޖެންޓުގެ ކެރެކްޓާއަކީ، ފިލްމުގެ ބަތަލު ޝާހްރުކް ޚާނާއެކު ޙާއްސަ މިޝަން އެއްގައި އުޅޭ އޭޖެންޓެއްގެ ކަމަށްވުމުން، އެ ކެރެކްޓާއަށް އެކި ލުކްތައް ބަލަމުންދަނިކޮށް ފިލްމު ހަދާ ފަރާތްތަކަށް ކަމުދިޔައީ “ބޯއީ ކަޓެއް” ހެން ދިޕިކާގެ އިސްތަށިގަނޑު ކުރުކޮށް ބާއްވަން ކަމަށެވެ. އެހެންކަމުން އެ ފިލްމުގައި ދިޕިކާ ފެނިގެންދާނީ މީގެކުރިން ފިލްމަކުން ނުފެންނަ ފަދަ ގޮތަކަށެވެ.

ނަމަވެސް އެ ރޯލަށް ދިޕިކާގެ އިސްތަށިގަނޑު ކޮށާލާނީ ކަމެއް ނުވަތަ އިސްތަށިގަނޑެއް ޖަހަނީ ކަމެއް ސާފެއް ނޫނެވެ.

ސިދާތު އާނަންދު ޑައިރެކްޓުކޮށް، ޔާޝްރާޖް ފިލްމްސް އިން އުފައްދާ “ޕަތާން” އަކީ އެކްޝަން ތުރިލާއެކެވެ. މި ފިލްމަކީ ގިނަ ދުވަސްތަކަކަށްފަހު ޝާހްރުކް އާއި ދިޕިކާ އެކުގައި ފެންނާނެ ފިލްމެކެވެ. މިހާރު މި ފިލްމުގެ ޝޫޓިންގ ކުރިއަށްދާ ކަމަށް މީޑިއާތަކުން ބުނެއެވެ. އަދި މީގައި ކެމިއޯ ރޯލަކުން ސަލްމާން ޚާން ވެސް ފެނިގެންދާނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!