ކުދީނާ ފަތުން ގިނަގުނަ ފައިދާތަކެއް!

ކުދީނާ ފަތް ނުވަތަ “މިންޓް ލީފް” އަކީ ރާއްޖޭގައި ހެދޭ، ވަރަށް ފަސޭހައިން ލިބެން ހުންނަ އެއްޗެކެވެ. ނަމަވެސް މިއީ ހަމައެކަނި ކެއުންތަކާއި ބުއިންތައް މީރުކުރަން ބޭނުންކުރާ އެއްޗެއް ނޫނެވެ. ސިއްޙީ އެތައް ކަމަކަށް ވެސް ގިނަ މީހުން ކުދީނާ ފަތް ބޭނުންކުރެއެވެ. ސަބަބަކީ، އެ ފަތަކީ ހަށިގަނޑަށް ގިނަ ފައިދާތަކެއް ލިއްބައިދޭ އެއްޗަކަށް ވާތީއެވެ.

އެގޮތުން މިފަހަރު މި ފާހަގަކޮށްލަނީ، ކުދީނާ ފަތުން ލިބޭ ބައެއް ފައިދާތަކެވެ. ކުދީނާ ފަ

  1. ހަޖަމުގެ މައްސަލަތަކަށް ފަރުވާއެއް. މިސާލަކަށް ބަނޑުހަރުވުން، ބަނޑުގައި ވައި ހެދުން. ކުދީނާ ފަތުން ހަދާފައިވާ ސައިތަށްޓެއް ބުއިމުން މިފަދަ މައްސަލަތަަކަށް ހައްލު ލިބޭ.
  2. ނޭވާ ހިއްލާ މީހުންނަށް ވެސް ކުދީނާ ފަތަކީ ރަނގަޅު އެއްޗެއް.
  3. ބޮލުގައި ރިއްސާނަމަ، ކުދީނާ ފަތުގެ ދިޔަ ބޮލުގައި ހޭކުމުން ރަނގަޅުވޭ
  4. ސްޓްރެސް އާއި ބޯހާސްކަން ފިލުވައިލަން ވެސް ކުދީނާ ފަތް ބޭނުން ކުރެވޭނެ. އެގޮތުން، ކުދީނާގެ ވަސް ބެލުމުން ސިކުނޑި ތާޒާވޭ. އަރޯމާތެރަޕީގެ ގޮތުގައި ކުދީނާ ފަތް ބޭނުންކުރަނީ މި ސަބަބާހެދި.
  5. ން ކުރަކި ވުމާއި، ކެހުމާއި، ހަންފޮޅުން ފަދަ މައްސަލަތައް ތަހައްމަލު ކުރަން ޖެހޭ މީހުންނަށް ކުދީނާ ފަތުން ފަރުވާ ލިބޭ. ކުދީނާ ފަތުން ޖޫސް ހެދުމަށްފަހު، ހަމުގައި އުނގުޅުމުން ހަމުގެ އެކި މައްސަލަތަކަށް ހައްލު ލިބިގެންދޭ.
  6. އަނގައިން ނުބައިވަސް ދުވުން ފަދަ ކަންކަމުން ދުރުހެލިވުމަށް ކުދީނާ ފަތް ކައި އުޅޭ
  7. ހަނދާން ބަލި މީހުންނަށް ކުދީނާ ފަތަކީ ވަރަށް ރަނގަޅު އެއްޗެއް ކަމަށް ދިރާސާތަކުން ދައްކާ
  8. ބަރުދަން ލުއި ކުރުމަށް، ކުދީނާ ފަތުން ތައްޔާރު ކޮށްފައިވާ ބުއިންތައް ބޭނުން ކުރެވިދާނެ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!