މިފަހަރު އައިޝްވާރިޔާއަށް ވެގެން މިއުޅެނީ ހިމާންޝީ

ބޮލީވުޑް ބަތަލާ އައިޝްވާރިޔާ ރާއީ ބައްޗަން އާ ވައްތަރު ޕާކިސްތާނު އަންހެނަކަށް ގިނަ ބައެއްގެ ސަމާލުކަން ލިބިފައި ވަނިކޮށް، ޕަންޖާބުގެ އެކްޓްރެސް ހިމާންޝީ ކުރާނާ ވެސް އައިޝްވާރިޔާގެ މޭކަޕް ނަކަލުކޮށް ވީޑިއޯއެއް ހިއްސާކޮށްފިއެވެ.

“ބިގް ބޮސް 13” އިން ގިނަ ބަޔަކު ދަންނަ ހިމާންޝީ މީގެ ދެދުވަސް ކުރިން އިންސްޓަގްރާމްގައި ހިއްސާކުރި ވީޑިއޯއަކީ، އައިޝްވާރިޔާގެ ކުރީގެ ފިލްމެއް ކަމަށްވާ “އުމްރާއޯ ޖާން” ގައި އައިޝްވާރިޔާ ކުޅެފައިވާ ކެރެކްޓާއާ ވައްތަރު ގޮތަކަށް ހެދުން އަޅައި މޭކަޕް ކޮށްގެން ކުޅެފައިވާ ވީޑިއޯއެކެވެ. އޭގައި ހިމާންޝީ ލިޕްސިންކް ކުރަނީ ވެސް އެ ފިލްމުގެ ލަވައަށެވެ.

އެ ޕޯސްޓުގެ ކޮމެންޓު ބައިގައި ގިނަ ބަޔަކު ވަނީ ހިމާންޝީއާއި އައިޝްވާރިޔާ ވައްތަރު ކަން ފާހަގަކޮށްފައެވެ.

ހިމާންޝީ ކުރާނާ ލޯބީގެ ގޮތުން ގުޅިގެން އުޅެނީ “ބިގް ބޮސް 13” ގެ ދެވަނަ ހާސިލްކުރި މޮޑެލް އާސިމް ރިއާޒް އާއެވެ. މި ދެމީހުން އެކުގައި ވީޑިއޯ ލަވަވެސް ކުޅެފައިވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!