އިއްޔެގެ މުޒާހަރާއިން ހައްޔަރުކުރި އެންމެން ދޫކޮށްލައިފި

އިދިކޮޅު ފަރާތްތަކުން އިއްޔެ މާލޭގެ މަގުމައްޗަށް އެއްވެ ކުރިއަށްގެންދިޔަ މުޒާހަރާ އިން ހައްޔަރު ކުރި އެންމެން ދޫކޮށްލައިފި އެވެ.

ފުލުހުން މިއަދު ބުނީ އިއްޔެ މުޒާހަރާއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ 30 މިހުން ރޭ ދޫކޮށްލާފައިވާ ކަމަށާއި ނަމަވެސް އޭގެ ތެރެއިން ތިން މީހުން ފިޔަވައި އެހެން އެންމެން ދޫކޮށްލީ އެޗްޕީއޭގެ ގައިޑްލައިނަ ހިލާފު ވެގެން ޖޫރިމަނާ ކުރުމަށްފަހުގައި ކަމަށެވެ. އެގޮތުން އެ 27 މީހުން ވަނީ 1،000 ރުފިޔާ އިން ޖޫރިމަނާ ކޮށްފައެވެ

ޖޫރިމަނާ ނުކުރާ ތިން މީހުންނަކީ މުޒާހަރާ ފެށުމުގެ ކުރީން ފުލުހުންގެ ބެލުމުގެ ދަށަން ގެންދިޔަ މީހުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

އިއްޔެ ހައްޔަރު ކުރި މީހުންގެ ތެރޭގައި އިދިކޮޅު ކޯލިޝަންގައި އެންމެ އިސްކޮށް ހަރަކާތްތެރިވެލައްވާ ޕީއެންސީގެެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ޕީޕީއެމްގެ ނައިބު ރައީސް އަދި ގުރައިދޫ ދާއިރާގެ މެމްބަރު ޣައްސާން މައުމޫން އާއި އިދިކޮޅު މަޖިލިސް މެންބަރުން އަދި ޕީޕީއެމް/ޕީއެންސީގެ ކައުންސިލް މެންބަރުންވެސް ހިމެނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!