މި އެއްޗެހި ކަންޏާ ބަނޑު ލާނެ!

ގިނަ މީހުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ، ބަރުދަން ލުއިކުރަން މަސައްކަތް ކުރިޔަސް ބަނޑު ހިންދަން ދެގުނައަށް މަސައްކަތް ކުރަން ޖެހުމެވެ. މާނައަކީ، ހަށިގަނޑުގެ އެހެން ތަންތަނުން ސަރުބީތައް ވިރުނަސް، ބަނޑުގައި ޖަހާފައި ހުންނަ ސަރުބީ ނައްތައިލަން އުނދަގޫ ވާ ކަމެވެ.

މިފަހަރު މި ކިޔައިދެނީ، ބަނޑު ލާން މަގުފަހިކުރުވާ ބައެއް ކާނާއެވެ. ބަނޑު ހިންދަން ބޭނުންވާނަމަ، މި ހުރިހާ އެއްޗަކުން ދުރުވުން ވަރަށް މުހިއްމެވެ.

  1. ހުދު ޕާން
  2. ޑައިޓް ސޯޑާ (މިސާލަކަށް ޑައިޓް ކޯކް)
  3. ފިހާރަތަކުން ލިބެން ހުންނަ އެކި ކަހަލަ ފުރުޓް ޖޫސް ޕެކެޓު. އެއީ މަތީ މިންވަރަކަށް ހަކުރު އަޅާފައި ހުންނާތީ
  4. ޑާކް ޗޮކްލެޓު ފިޔަވާ އެހެން ޗޮކްލެޓުތައް. ޙާއްސަކޮށް މިލްކު ޗޮކްލެޓުގައި މަތީ މިންވަރަކަށް ހަކުރު އެކުލެވޭ
  5. ޕޮޓޭޓޯ ޗިޕްސް. މިއީ ބަނޑަށް އެންމެ ގޯސް ކާނާ ކަމަށް ދިރާސާއިން ދައްކާ.
  6. ޕިއްޒާ
  7. ޕޭސްޓްރީސް (މިސާލަކަށް ކަޕްކޭކް، ޑޯނަޓް..)
  8. ފްރެންޗް ފްރައިސް
  9. އައިސް ކްރީމް

އަވަހަށް ބަނޑު ހިންދާލަން ބޭނުންވާނަމަ، މި ތަކެތިން ދުރުވުމުގެ އިތުރުން ކަސްރަތު ކުރުމަކީ ވެސް މުހިއްމު ކަމެކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!