ބަނޑުގައި ވައި ހެދޭނަމަ މިކަންކަން ކުރޭ

ބަނޑުގައި ވައިހެދުން ނުވަތަ ގޭސްޓްރިކް ވުމަކީ ހަށިގަނޑަށް ވަރަށް އުނދަގޫކުރާ ކަމެކެވެ. އެގޮތުން ކިތަންމެ ކާހިތްވިޔަސް ނުކެވުމާއި، މޭނުބައި ކުރުން ފަދަ ކަންކަން ކުރިމަތިވެއެވެ. އަދި މާ ގިނައިން ނުކެޔަސް، ބަނޑު ފުއްޕާފައި ހުންނަ އިހުސާސެއް ކުރެވެއެވެ.

މިފަހަރު މި ކިޔައިދެނީ، ބަނޑުގައި ވައިހެދުން ހުއްޓުވުމަށް ސަމާލުކަން ދޭންވީ ބައެއް ކަންތައްތަކަށެވެ.

1. ބޯންވީ ފެން އެކަނި:

ގޭސްޓްރިކްގެ މައްސަލައިން ސަލަމާތް ނުވެގެން އުޅޭނަމަ، ފިޒީ ޑްރިންކްސް އާ އެއްކޮށް ދުރުވާށެވެ. އަދި ކާއިރުވެސް ކައިރީގައި ފެންތަށްޓެއް ބައިންދައިގެން ކާށެވެ. އާންމުކޮށް ކޮކާ ކޯލާ ފަދަ ބުއިންތަކަކީ ބަނޑުގައި ވައިހެދޭ އެއްޗިއްސެވެ.

2. ލޮނުލީ އެއްޗިއްސާ ދުރުވުން:

މާ ގިނައިން ލޮނު އެކުލެވޭ ކާއެއްޗެހި ނުކެއުން ބުއްދިވެރިއެވެ. ސަބަބަކީ، ސޯޑިއަމް އަކީ ހަށިގަނޑަށް އެތެރެވޭ ފެންތައް ދަމައިގަނެ، ޑީހައިޑްރޭޓް ކުރުވާ އެއްޗަކަށް ވާތީއެވެ. ނަތީޖާއެއްގެ ގޮތުން ބަނޑުގައި ވައި ހެދުމަށް މަގުފަހިވެއެވެ.

3. ލަސްލަހުން ކެއުން

ބަނޑުގައި ގޭސް ހެދެން މެދުރވިވާ އެއް ސަބަބަކީ، އަވަސްއަވަހަށް ގިނަ މިންވަރެއްގެ ކާއެއްޗެހި ކެއުމެވެ. އެހެންކަމުން، އަބަދުވެސް ލަސްލަހުން މަދުމަދުން ކެއުމަށް އާދަކުރާށެވެ.

4. ޕްރޯބަޔޮޓިކްސް

ޔޯގަޓް ފަދަ އެއްޗިއްސަކީ، މަތީ މިންވަރަކަށް ޕްރޯބަޔޮޓިކް ބެކްޓީރިއާ ހިމެނޭ އެއްޗިއްސެވެ. ޕްރޯބަޔޮޓިކްގެ ސަބަބުން ހަޖަމުގެ ނިޒާމުގައި ރަނގަޅު ބެކްޓީރިއާ އުފެދޭ މިންވަރު އިތުރުކޮށްދީ، ގޭސްޓްރިކް ފަދަ މައްސަލަތަކުން ސަލާމަތްކޮށްދެއެވެ. އެހެންކަމުން، ބަނޑުގައި ވައިހެދިގެން އުޅޭނަމަ ޔޯގަޓަކީ ކާން ރަނގަޅު އެއްޗެކެވެ.

5. ވައިހެދުމުގެ މައްސަލައާ ދުރުކޮށްދޭ އެހެން ބާވަތްތަކުގެ ތެރޭގައި، ކައްޓަލަ، ބަރަބޯ، އެވޮކާޑޯ، ދޮންކެޔޮ، ފަތުގެ ބާވާތްތައް، އޮރެންޖު، ޓޮމާޓޯ، އިނގުރު އަދި ކިއުކަމްބާ ވެސް ހިމެނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!