ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލީހަށް މަހާޒު ހަމަޖައްސައިފި

ޖުޑީޝަލް ސަވިސް ކޮމިޝަން (ޖޭއެސްސީ)ގެ ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލީހަށް ސުޕްރީމް ކޯޓުގެ ފަރާތުން ފަނޑިޔާރު މަހާޒު އަލީ ޒާހިރު ހަމަޖައްސައިފި އެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ގާނޫނު ބުނާ ގޮތުން ފަނޑިޔާރުންނާ މެދު އެ ކޮމިޝަނުން އަޅާ ފިޔަވަޅުތަކާ މެދު އެ ނިންމުންތައް އިސްތިއުނާފް ކުރެވޭނީ ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލީހުގައެވެ. އެއީ ތިން ކޯޓުގެ ފަނޑިޔާރުން ތިއްބަވާ މަޖިލިހެކެވެ.

“ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލިސް” އަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަޙާޒު ހަމަޖައްސާފައިވާކަން ސުޕްރީމް ކޯޓުން ހާމަކޮށްފައިވަނީ މިއަދު އެވެ. 

ކުރިން ޑްރަގް ކޯޓުގެ ގާޒީ ކަން ކުރެއްވި މަހާޒް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވީ 2019 ވަނަ އަހަރު އެވެ.

ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލީހަކީ ފަނޑިޔާރަކާ ގުޅޭ ޝަކުވާއެއް ބަލައި، ޖޭއެސްސީއިން ނިންމާ ނިންމުންތަކުގެ ތެރެއިން ފަނޑިޔާރަކު މަގާމުން ވަކިކުރަން ރައްޔިތުން މަޖިލީހަށް ހުށަހެޅުމަށް ނިންމާ ނިންމުންތައް ފިޔަވައި، އެނޫން ނިންމުންތައް އިސްތިއުނާފު ކުރުމަށްޓަކައި އުފެއްދި މަޖިލީހެކެވެ. އެ މަޖިލީހަށް ކޮންމެ އަހަރަކު ބޭފުޅުން އައްޔަން ކުރަން ޖެހެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!