އިންޑިއާގެ މަޝްހޫރު ކޮމީޑިއަން ކަޕިލް ޝަރްމާ މީޑިއާތަކުގެ މީހުންނާ ދިމާއަށް ރުޅިއައިސްގެން އެއްޗެހި ކިޔާ ވީޑިއޯއެއް އާންމުވެއްޖެއެވެ.
‘ޕިންކްވިލާ’ އިން ޓްވިޓާގައި ހިއްސާކޮށްފައިވާ ވީޑިއޯގައި ފެންނަނީ ކަޕިލް ފުރޮޅުލީ ގޮނޑިއެއްގައި މުމްބާއީ އެއާޕޯޓުން ނުކުމެގެންދާ ތަނެވެ. އެއާއެކު އެތާތިބި މީޑިއާތަކުގެ މީހުން އޭނާގެ ފަހަތުން ގޮސް، ހާލު ރަނގަޅުތޯ ސުވާލުކުރަން ފެށުމުން ކަޕިލް ގާތަށް ވަނީ ރުޅިއައިސްފައެވެ. އަދި އެމީހުން ކެމެރާތައް ހިފައިގެން އޭނާގެ ފަހަތުން އަންނަން ފެށުމުން، ކަޕިލް ވަނީ ރުޅިއައިސްގެން އެއްޗެހި ކިޔާފައެވެ.
“ކަލޭމެން އެންމެން ފަހަތަށް ޖެހޭ”، ކަޕިލް ބުނާ އަޑު އިވެއެވެ. އަދި މީޑިއާތަކުގެ މީހުންގެ އަޚުލާޤީ މިންގަނޑު ދަށް ކަމަށްބުނެ، ހުތުރުބަހުން ވެސް އެއްޗެހި ކިޔާފައި ވެއެވެ. މިކަމުގެ ސަބަބުން އެތާތިބި މީޑިއާތަކުގެ މީހުން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.
ކަޕިލް ފުރޮޅުލީގޮނޑިއެއްގައި އިނީ ކީއްވެގެން ކަމެއް ސާފެއް ނޫނެވެ.