ބިޕާޝާ ގެ ދެމަފިރިންވެސް މި އުޅެނީ ރާއްޖޭގައި

ފިލްމީ ތަރި ބިޕާޝާ ބާސޫ އަދި ފިރިމީހާ ކަރަން ސިންގް ގްރޯވާ ޗުއްޓީ ހޭދަކޮށްލުމަށް ރާއްޖެ އަތުވެއްޖެއެވެ. މި ކިތަށް ދުވަހުގެ ޗުއްޓީއެއްކަން ހާމަ ނުކުރި ނަމަވެސް މީ ކަރަންގެ އުފަން ދުވަސް ފާހަގަ ކުރުމަށް ހޭދަކޮށްލާ ޗުއްޓީއެއްކަމަށް ވެއެވެ. ކަރަންގެ އުފަންދުވަހަކީ ފެބްރުއަރީ 23 އެވެ.

ބިޕާޝާ އަދި ކަރަން ވެސް ދަނީ އެމީހުން ރާއްޖޭގައި ހޭދަކުރަމުންދާ ޗުއްޓީގެ ފޮޓޯތަށް ފޭނުންނާއި ހިއްސާކުރަމުންނެވެ. މީގެ ކުރިން ވެސް މި ދެމަފިރިން ވަނީ ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައިއެވެ. މިހާރު ބޮލީވުޑްގެ ގިނަ ތަރިން އަންނަނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންނެވެ. މި ދެމަފިރިން ޗުއްޓީ ހޭދަކުރަމުން ދަނީ ޑަބްލިއު މޯޅްޑިވްސް ގައިއެވެ.

ބިޕާޝާގެ ފިލްމީ ކެރިއަރު މިހާރު ވަނީ ގާތްގަނޑަކަށް ނިމުމަކަށް އައިސްފައިއެވެ. ސްކުރީނުން އޭނާ ފެނުން ވެސް ވަރަށް ބޮޑަށް ވަނީ މަދުވެފައިއެވެ. ނަމަވެސް ކަރަން އަދި ވެސް ޑްރާމާ ސީރީޒްތަކުން ފެނިގެން ދެއެވެ.

އެގޮތުން ކަރަން އެންމެ ފަހުން ފެނިގެން ދިއައީ “ކަސައުޓީ ޒިންދަގީ ކޭ” އިންނެވެ. ދެން އެންމެ އަވަހަށް އޭނާ ފެނިގެން ދާނީ “ގްބޫލް ހޭ2.0” އިނެވެެ. “ގްބޫލް ހޭ” އަކީ ބޮޑު މަގުބޫލު ކަމެއް އާންމުންގެ މެދުގައި ހޯދާފަައިވާ ޑްރާމެކެވެ. ބިޕާޝާ އެންމެ ފަހުން ފެނިގެން ދިއައީ “އެލޯން” އިން ކަރަން އާއި އެކުގައިއެވެ. މި ފިލްމަކީ މާ ބޮޑު ކާމިޔާބެއް ހޯދުން ފިލްމެއް ނޫނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!