ރާއްޖެއިން މިއަދު 161 މީހަކު ޕޮޒިޓިވްވެއްޖެ

މިދިޔަ 24 ގަޑިއިރު ތެރޭ 161 މީހަކު ޕޮޒިޓިވްވެ، ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ޖުމުލަ އަދަދު 18،930 އަށް އަރައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން 139 މީހުން ޕޮޒިޓިވްވީ މާލެ ސަރަހައްދުން ކަމަށެވެ. އަދި އަތޮޅު ތެރޭގެ ރަށްރަށުން 05 މީހަކު ޕޮޒިޓިވްވިއިރު، ރިސޯޓްތަކުން 17 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް ވެސް އެޗްޕީއޭއިން ބުންޏެވެ.

ރާއްޖެއިން 16351 އަށް ވުރެ ގިނަ މީހުން ރަނގަޅު ވެފައިވާތީ މިވަގުތު ފަރުވާ ދެމުންދަނީ 2،512 މީހަކަށެވެ. 

މިހާރު ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން އެބައްޔަށް ފަރުވާދެމުން އަންނަ މީހުންގެ އަދަދަކީ 162 އެވެ. ކޮވިޑް ޖެހިގެން ރާއްޖެއިން މަރުވީ 52 ދިވެހިންނާއި 8 ބިދޭސީއެކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!