ތުންފަތުގެ ކުލަ އަލިކުރާނެ ގޮތްތަކެއް

ތުންފަތް ކަޅުވުމަކީ ގިނަ ބަޔަކަށް ދިމާވާ ކަމެކެވެ. އެހެންކަމުން މިފަހަރު މި ކިޔައިދެނީ، ތުންފަތުގެ ކުލަ އަލިކުރުމަށް ގޭގައި ދެވިދާނެ ބައެއް ޤުދުރަތީ ފަރުވާއެވެ.

1. ލުނބޯ

ނިދުމުގެ ކުރިން ކޮންމެ ރެއަކު ލުނބޯ ފަޅިއެއް ތުންފަތުގައި ހާކާށެވެ. އަދި ހެނދުނު ހޭލާފައި ފިނިފެނުން ތުންފަތް ދޮވެލާށެވެ. ނަތީޖާ ފެންނަންދެން ކޮންމެ ދުވަހަކު މިކަން ތަކުރާރު ކުރާށެވެ.

2. ރީނދޫ

އެއް މޭޒުމަތީ ސަމްސާގެ ކިރަށް ރީނދޫކޮޅެއް އަޅާފައި ޕޭސްޓެއް ހަދާށެވެ. އެއަށްފަހު އިނގިލީގެ ކޮޅުން މަޑުމަޑުން ތުންފަތުގައި އެ ޕޭސްޓު އުނގުޅާށެވެ. އަދި 5 މިނިޓު ވަންދެން ބެހެއްޓުމަށްފަހު ފިނިފެނުން ތުންފަތް ދޮވެލާށެވެ.

3. އެލޯ ވޭރާ

ތާޒާ އެލޯ ވޭރާ ޖެލް ކޮންމެ ދުވަހަކު ތުންފަތުގައި ހާކާށެވެ. އަދި ޖެލް ހިކުނީމައި ހޫނުފެންފޮދަކުން ތުންފަތް ދޮވެލާށެވެ. އެލޯ ވޭރާއަކީ އޭގައި ގިނަގުނަ ފައިދާތަކެއް އެކުލެވިގެންވާ އެއްޗެކެވެ.

4. އަންނާރު

އެއް މޭޒުމަތީ ސަމްސާގެ އަންނާރު އޮށާއި، ތާޒާ ޑެއިރީ ކްރީމް އަދި ފިނިފެން (ރޯޒް ވޯޓާ) އެއްކޮށް ޕޭސްޓެއް ތައްޔާރު ކުރާށެވެ. އެއަށްފަހު އެ ޕޭސްޓުން 3 މިނިޓު ވަންދެން ތުންފަތް މަސާޖު ކޮށްލާށެވެ. ދެން ފިނި ފެނުން ދޮވެލާނީއެވެ.

5. ކާށި ތެޔޮ

ކުޑަ ކާށިތެޔޮ ފޮދެއް އިނގިލީގެ ކޮޅުން މަޑުމަޑުން ތުންފަތުގައި ހާކާށެވެ. މިކަން ދުވާލަކު ބޭނުން ވަރަކަށް ކުރެވިދާނެއެވެ. ޙާއްސަކޮށް ނިދަން އޮށޯތުމުގެ ކުރިން ހޭކުމުން ވަރަށް ރަނގަޅު ވާނެއެވެ. ކާށިތެލުގެ ސަބަބުން ތުންފަތް އަލިކޮށްދިނުމުގެ އިތުރުން ހަންފޮޅުން ހުއްޓި، ދުޅަހެޔޮ ކޮށްދެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!